ހެލްތު މިނިސްޓަރުގެ އަހްމަދު ނަސީމްގެ އިސްތިއުފާއަށް ގޮވާލާ ހއ. ދިއްދޫގައި މުޒާހަރާ ކޮށްފި އެވެ.
މިރޭ ދިއްދޫގައި ކުރިޔަށް ދިޔަ މި މުޒާހަރާގެ ބައިވެރިން ވަނީ ދިއްދޫގައި ހުރި ސިއްޙީ ކަންކަމަށް ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ހެލްތް މިނިސްޓަރަށް ގޮވާލާ އަޑު އުފުލާފައެވެ. އަދި ހއ.އަތޮޅު ހޮސްޕިޓަލްގެ ހިދުމަތަށް މިހާރަށްވުރެ ހަރުދަނާކުރުމަށް ވަނީ އަޑުއުފުލާފައެވެ.
ރާއްޖޭގެ ސިއްޙީ ނޒާާމް ފެއިލް ވެފައިވާކަމަށް ބުނެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުންވަނީ ހެލްތު މިނިސްޓަރުގެ އަހްމަދު ނަސީމް މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލާފަ އެވެ. މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ވަނީ ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރުގެ އިސްތިއުފާއަށް ވެސް ގޮވާލާފަ އެވެ.
މި މުޒާހަރާ އާއި ގުޅޭ ގޮތުން މައުލޫމާތު ހޯދާލުމަށް "ތިލަދުން" އިން ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ހާޝިމް އަށް ގުޅުމުން ވިދާޅުވީ ދިއްދޫގައި މުޒާހަރާއެއް ކުރިއަށް ދާކަމެއް އެނގިފައި ނުވާކަމަށެވެ.
ފޮޓޯ: ވަގުު އިމޭޖް
ދިއްދޫ ހޮސްޕިޓަލަކީ ހއ. އަތޮޅުގެ އިތުރުން ހދ.ގެ ބައެއް ރަށްތަކުގެ ރައްޔިތުންގެވެސް ޚިދުމަތް ހޯދުމަށްދާ ހޮސްޕިޓަލެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!