ހދ. ވައިކަރަދޫ ވޮލީ ޓީމްގެ ފަރާތުން އިންތިޒާމްކޮށްގެން އެރަށުގައި އުޅޭ ބިދޭސީންނަށް ރޯދަވީއްލުމެއް ބާއްވައިފި އެވެ.
ވައިކަރަދޫ ވޮލީ ޓީމް އިން އިންތިޒާމުކޮށްގެން އެރަށުގައި އުޅޭ ބިދޭސީންނަށް ރޯދަވިއްލުމެއް ބާއްވައިފައިވަނީ އެރަށު ވޮލީ ކޯޓުގައެވެ.
ވޮލީޓީމުގެ ފަރާތުން މިނޫހަށް މައުލޫމާތު ދެއްވަމުން ބުނެފައިވަނީ މިއީ ވައިކަރަދޫ ގައި އެކި އެކި މަސައްކަތްތައް ކުރުމަށް ރަށުގައި މިހާރު ދިރިއުޅެމުންދާ ބިދޭސީންނަށް ހާއްސަކޮށްގެން އިންތިޒާމުކުރި ރޯދަ ވީއްލުމެއް ކަމަށެވެ.
އެގޮތުން އެރަށުގެ ވޮލީއަށް ލޯބިކުރާ ހުރިހާ ކުދިންގެ އިސްނެގުމުގެ މަތީން ބޭއްވި މި ރޯދަވީއްލުމުގައި ރަށުގައި އުޅޭ ސާޅީހަކަށް ބިދޭސީން ވަނީ ބައިވެރިވެފަ އެވެ.

މި ރޯދަވީއްލުން ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ މުސްލިމް އަހުވަންތަކަން މީސްތަކުންގެ މެދުގައި އަށަގެންނެވުން ކަމަށްވެސް އެޓީމުގެ ފަރާތުން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!