ރާއްޖެއިން އިތުރު 1091 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ މިވަގުތު އެކްޓިވްކޭސްގެ ގޮތުގައި ތިބިފާރާތްތަކުގެ އަދަދު 10 ހާހާއި ގާތަށް ޖެހިލައިފި އެވެ.
މިއަދަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 933 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 147 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 6 މީހަކު ޕޮޒިޓިވްވެފައިވެއެވެ.
އެގޮތުން ޕޮޒިޓިވްވި 1091 މީހުންގެ ތެރެއިން ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑަށް ޕޮސިޓިވްވެފައިވަނީ 760 މީހެކެވެ. ބާކީ ތިބި މީހުންނަކީ އޭޕްރިލް 30 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އެންޓާ ނުކުރެވި ހުރި އަދަދުތަކެވެ.
ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ބައްޔަށް ހުށައެޅޭ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ފަހުން ކޮންމެ ދުވަހަކު 70 އާއި 80 އާ ދެމެދުގެ އަދަދަކަށް ކުޑަކުދިން ކޮވިޑަށް ޕޮޒިޓިވް ވެއެވެ. އިއްޔެ އެކަނިވެސް 134 ކުއްޖަކަށް ވަނީ ބައްޔަށް ހުށަހެޅިފަ އެވެ.
އަދި ފަހަކަށް އައިސް ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުން ވަނީ ރެކޯޑް ޢަދަދަކަށް އިތުރުވާން ފަށާފައެވެ. އަދި ދުވަހެއް ދުވަހަކަށް ކޭސްތައް ދަނީ އިތުރުވަމުންނެވެ. މާލޭ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށުގައިވެސް ވަރަށް ހަލުވިކަމާއެކު ދަނީ ބަލި ފެތުރެމުންނެވެ.
✳️ COVID-19 : Case Updates
Out of the 1091 cases being reported today:
- 300 cases fall under backlog (samples collected more than 48 hrs ago)
- 791 cases are positive cases from samples collected within the last 24hrs. pic.twitter.com/mIEcK1Uqkb
— Health Protection Agency (@HPA_MV) May 9, 2021
މިހާރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 35815 އަށް އަރާފައެވެ. އަދި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 307 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 26،299 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 4،507 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް މިބަލީގައި ރާއްޖެއިން 84 މީހުންވަނީ ނިޔާވެފައެވެ. އެއީ 71 ދިވެހިންނާއި 13 ބިދޭސީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!