ހއ. ދިއްދޫއިން ރޭގަ ނެގި 121 ސާމްޕަލްގެ ނަތީޖާ ނުލިބިހުރި ނަތީޖާތަކުން އިތުރު 4 މީހެއް ކޯވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ.
އެއާއިއެކު ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހާގެ ކޭހާއި ގުޅިގެން ދިއްދޫއިން ޕޮޒިޓިވްވި މީހުންގެ ޢަދަދު 25 އަށް އެރީއެވެ.
މީގެއިތުރުން އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި 3 މީހެއް ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. އެހެންކަމުން ދިއްދޫގެ ނަމްބަރު ވަނީ 28 އަށް އަރާފައެވެ.
އެރަށުން ޕޮޒިޓިވްވި މީހުން ތެރެއިން 2 މީހަކު މިއަދު ވަނީ ށ. އަތޮޅު ހޮސްޕިޓަލްގައި ހުންނަ ޒޯން1 ކޯވިޑް ފެސިލިޓީއަށް ވެސް ބަދަލުކޮށްފަ އެވެ.
ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ވަނީ މެއި 1 ވަނަ ދުވަހު ޕޮޒިޓިވް ވެފައެވެ. އެމީހާގެ ޑައިރެކްޓު ކޮންޓެކްޓުގެ ގޮތުގައި އެރޭ 28 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 14 މީހެއްގެ ސާމްޕަލް ނެގެޓިވްވިއިރު، އަނެއް 14 މީހުންގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފަ އެވެ.
އެމީހުން ޕޮޒިޓިވްވުމާ ގުޅިގެން، އެމީހުންގެ ޑައިރެކްޓު ކޮންޓެކްޓުގެ ގޮތުގައި ރޭ ވަނީ 121 މީހެއްގެ ސާމްޕަލް ނަގާފައެވެ. އެހުރިހާ ސާމްޕަލެއްގެ ނަތީޖާ މިހާރު ވަނީ ލިބިފައެވެ.
އަތޮޅު ތެރޭގެ ކޯވިޑްގެ ހާލަތު ވަނީ ގޯހުން ގޯހަށް ގޮސްފަ އެވެ. މިވަގުތު ވެސް 24 ރަށެއް މޮނިޓަރިންގައި އޮތްއިރު އަތޮޅުތެރޭގައި ބަލިޖެހި، ރަނގަޅުނުވެ ތިބި މީހުންގެ އަދަދު ވަނީ 1،900 އިން މައްޗަށް ގޮސްފައެވެ.
މިރޭވެސް ރާއްޖެއިން 585 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މުޅިރާއްޖެއިން 30 ހާހަށްވުރެ ގިނަ މީހުންނަށް ވަނީކޯވިޑް ބަލި ޖެހިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!