ކާފިއުގެ ވަގުތުގައި މިއަދު 146 މީހަކަށް ނަސޭހަތްތެރިވެ، އެކަކު ޖޫރިމަނާކުރި
މާލެގައި ކާފިއު ހިންގި ވަގުތު ބޭރުގައި އުޅުނު އެކަކު ޖޫރިމަނާކޮށް، 146 މީހަކަށް މިއަދު ނަސޭހަތް ދީފަ ވާނެކަމަށް ފުލުހުންވިދާޅުވެއްޖެއެވެ. ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކާފިއު ހިންގަމުންނެވެ. މިއަދު މިއީ ކާފިއު ހިންގި ތިންވަނަ ދުވަހެވެ. ފުލުހުން ވިދާޅުވީ މިއަދު ކާފިއު ހިންގި ތިން ގަޑިއިރު ބޭރުގައި އުޅުނު އެކަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެެ. […]