އިތިއޯޕިއާ އިން ރާއްޖެ އައި އިނގިރޭސި ރައްޔިތެއްގެ އަތުން 3.413 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވިދާޅުވި ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު 10،239،000 ރުފިޔާއަށް އަރާ ކަމަށެވެ.
އެތަކެތި ރާއްޖެ އެތެރެކުރަން އުޅުނު އުމުރުން 30 އަހަރުގެ އިނގިރޭސި ވިލާތުގެ މީހާ ރާއްޖެއައީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެއީ ފިރިހެނެކެވެ.
ކަސްޓަމްސްއިން އޭނާގެ ލަގެޖް ޗެކްކުރީ އޭނާ ރާއްޖެ އައިސްފައިވާ ރޫޓް އަދި އޭނާގެ އަމަލުތައް ހުރި ގޮތުން އޭނާ އާއި މެދު ޝައްކު ކުރެވިގެން ނެވެ.
ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.
މި މައްސަލާގައި ހިމެނޭ މީހާ އާއި މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައި ކަަމަށްވެސް ކަސްޓަމްސްއިން ހާމަކުރަށްވަ އެެވެ.
ކަސްޓަމްސްއިން މިދިޔަ މަހުވެސް 4.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!