Skip to main content

އަލީ އިބްރާހިމް

Viewer
🇲🇻 ތިލަދުން Desk
51 Stories
4 Reads

Published on ތިލަދުން (Thiladhun) by އަލީ އިބްރާހިމް

އުދައަރާނެކަމަށް ލަފާ ކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފި
Raajje

އުދައަރާނެކަމަށް ލަފާ ކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފި

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ކަމަށް ލަފާކުރެވޭތީވެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފިއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށާއި ޚާއްސަކޮށް މިހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހު މޫސުން ގޯސްވާނެކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ވެސް އެކި ރަށްރަށަށް އުދައަރާނެކަ...

ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން 5000 ފަރާތަކަށް ކޯސް ހިލޭ
Raajje

ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން 5000 ފަރާތަކަށް ކޯސް ހިލޭ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް( ބީ.ސީ.ސީ )ގެ ފަރާތުން އޮންލައިން ކޮން ކިޔަވާދޭ ހިލޭ ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ބީ.ސީ.ސީ ގުޅިގެން ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން ބީ.ސީ.ސީ އަށް ވަނީ އެމެރިކާގެ އޮންލައިން ލާނިންގ ޕްލެޓްފޯމެއް ކަމުގައިވާ “ކޮސެރާ” ގެ ވާކްފޯސް ރިކަވަރީ އިނީޝިއޭޓިވްގެ ދަށުން 5000 މީހުންނަށް ތަފާތު އެކިއެކި...

ޤުރުއާން ކިލާސްތަކާއި އަމިއްލަ އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ޒަކާތު ފަންޑުން އެހީވަނީ
Raajje

ޤުރުއާން ކިލާސްތަކާއި އަމިއްލަ އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ޒަކާތު ފަންޑުން އެހީވަނީ

ޤުރުއާން ކިލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ސަރުކާރުގެ ފަރާތުން ފައިސާގެ އެހީ ދިނުމަށް ނިންމައިފިއެވެ. މިއީ ކޯވިޑް-19 އާއި ގުޅިގެން ޤުރުއާން ކިލާސް ތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި އަދި ކޮމިޔުނިޓީ ޕްރީސްކޫލްތަކަށް ދިމާވެފައިވާ މާލީ ދަތިކަމުން އަރާގަތުމަށް ޓަކައި އެހީތެރިވުމުގެގޮތުން ދެވޭ އެހީއެއްކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ބުނެފައިވެއެވެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ  އެހީ ދިނުމަށް ހަމަ ޖެހިފައިވަނީ ޒަކާތު ފަނ...

ސާފު ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފި
Sports

ސާފު ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފި

ކޯވިޑް19 އާއި ގުޅިގެން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފިއެވެ. މުބާރާތް އަންނަ އަހަރަށް ފަސްކޮށްފައި ވަނީ ހޯމަ ދުވަހު ސާފުގެ މެންބަރު ގައުމުތަކުގެ ސެކެއްޓްރީ ޖެނެރަލުންނާއި އެކު ބޭއްވުނު ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއްގައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު އެވެ މިމުބާރާތް ފަސްކޮށްފައިވަނީ ސާފުގެ މެންބަރު ގައުމުތަކުގެމު ހާލަތު ހުރި ގޮތުން މި އަހަރު މުބާރާތް ބޭއްވޭނެކަމަށް ނުފެންނާތީއެވެ. ސާފް ސެކްޓަރީ ޖެނެރަލް އަންވަރު ހައްގާ ހަވާލަދީ ބޭރުގެ މީޑިޔާ […]

ބެސްޓް ބަޑީން އެތެރެކުރާ "ރަށު ޕިކަޕް" އަށް މަސައްކަތްތެރިންނާއި އާންމުންގެ އިތުބާރު!
Business

ބެސްޓް ބަޑީން އެތެރެކުރާ "ރަށު ޕިކަޕް" އަށް މަސައްކަތްތެރިންނާއި އާންމުންގެ އިތުބާރު!

ބެޓެރީ ވެހިކަލް ރާއްޖެ އެތެރެކޮށް މާކެޓްކުރުމުގައި ރާއްޖޭގައި ނަގާކިޔަމުންދާ އެންމެ މަޝްހޫރު ފިހާރައަކީ ބެސްޓް ބަޑީކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މި ގޮތުން ރަށުޕިކަޕް އާއި އޭގެ ސްޕެއަރޕަަރޓްސް އެންމެ ފުޅާދާއިރާއެއްގައި ރާއްޖޭގައި ވިއްކަނީ ބެސްޓް ބަޑީ ފިހާރައިންނެވެ. ރަށުޕިކަޕަކީ އާދަޔާއި ހިލާފަށް ރަށްފުށުގެ މަސަކަތްތެރިންގެ ހިތެވެ. މަސައްކަތުގެ ވިންދެވެ. ހާއްސަކޮން ކުޑަ ހަރަދަކުން އެއްތަނުން އަނެއްތަނަށް ދަތުރު ކޮށްލެވޭ އުޅަދަކަށް ރަށުޕިކަޕް ވެގެން ދިޔައެވެ. އެއީ އޭގެ ބޭނުން ބޮޑުވެފައި ގ...

ހުރިހާ މުދައްރިސުންނަށް "ނަފްސާނީ ފުރަތަމަ އެހީ" ގެ ޕްރޮގްރާމެއް
Raajje

ހުރިހާ މުދައްރިސުންނަށް "ނަފްސާނީ ފުރަތަމަ އެހީ" ގެ ޕްރޮގްރާމެއް

ރާއްޖެގައި ކިޔަވައި ދެއްވާ ހުރިހާ ޓީޗަރުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ނުވަތަ ނަފްސާނީ ފުރަތަމަ އެހީގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާޢި ޔުނިސެފްގެ އިތުރުން  ދިވެހި ރެޑްކްރެސެންޓާއި ގުޅިގެން ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. މި ޕްރޮގްރާމްގައި އެގާރަ ހާހަށްވުރެ ގިނަ މުދައްރިސުން ތަމްރީނު ކުރަމުންދާ އިރު  މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރެއ...

ނޮޅިވަރަމްގައި އައުޓްޑޯރ ބެޑްމިންޓަން މުބާރާތްތެއް ބާއްވަނީ
Thiladhunmathi News

ނޮޅިވަރަމްގައި އައުޓްޑޯރ ބެޑްމިންޓަން މުބާރާތްތެއް ބާއްވަނީ

ހދ. ނޮޅިވަރަމްގެ ކްލަބެއް ކަމަށްވާ ރިވައިލް ސްޕޯރޓްސްއިން އެރަށުގައި އައުޓްޑޯރ ބެޑްމެންޓަން މުބާރާތެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. އެކަމާއި ގުޅިގެން ރިވައިލް ސްޕޯރޓްސްއިން ނެރެފައިވާ ނޯޓިސްއެއްގައި ވަނީ، އެއީ އެރަށުގައި ބެޑްމެންޓަން އާލާކޮށް ދިރުވުމާއި، ބެޑްމިންޓަން ކުޅޭކުދިން އިތުރުކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯޕަން ޑަޕަލްސް މުބަރާތެއްގެ ގޮތުގައި އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބައިވެރި ވެވޭ ގޮތަށެވެ. މި މުބާރާތުގައި ފެށުމަށް ހ...

ރާއްޖެ ހުޅުވާލާއިރު ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމާއިމެދު މަސްވަރާކޮށްފި
Raajje

ރާއްޖެ ހުޅުވާލާއިރު ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމާއިމެދު މަސްވަރާކޮށްފި

“ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ”ގެ ދެވަނަ ބައްދަލުވުމުގައި ރާއްޖޭއަށް ފަތުރުވެރިން ޒިޔާރަތްކުރުން އަލުން ހުޅުވާލުމާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ގައިޑްލައިނާއި އްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު ދިވެހިރައްޔިތުންނާއި، ފަތުރުވެރިންނާއި އަދި ރާއްޖޭގައި އުޅޭ ހުރިހާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަމާއި ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މަސްވަރާ ކުރައްވައިފިއެވެ. ބައްދަލުވުން ބާއްވަވާފައި ވަނީ...

ހެނބަދޫގެ ގޯތިތެރޭގައި ބޮނބި ފާ ކުރުން މަނާ ކޮށްފި
Raajje

ހެނބަދޫގެ ގޯތިތެރޭގައި ބޮނބި ފާ ކުރުން މަނާ ކޮށްފި

ނ އަތޮޅު ހެނބަދޫގައި ގޯތިތެރޭގައި ބޮނބި ފާ ކުރުން އެރަށު ކައުންސިލުން މަނާކޮށްފިއެވެ. އެރަށު ކައުންސިލުން ނެރެފައިވާ ހާއްސަ އެންގުމެއްގައި ބުނެފައިވަނީ ހުޅަނގު މޫސުމަކީ ރަށުގައި މަދިރި އާލާވެ، މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ބައްޔެށްކަމަށްވާ ޑެންގޫ އާއި ޗިކަންގުންޔާ ފަދަ ބަލިތަށް ފެތުރޭ ދުވަސްވަރަކަށް ވާތީވެ އެކަން މަނާކުރީކަމަށެވެ. މީގެ އިތުރުން އެނޫސްބަޔާނުގައިވަނީ ބޮނބި ފާ ކުރުމަށްޓަކައި ގޯތިތެރޭގައި އެކި ފާޑުފާޑުގެ ހަންބުރިތަކަށް ފެން އަޅާ ބެހެއްޓުމަކީ ވެސް މަނާކަމެއްގެ ގޮތުގައިކަމަށާއި...

ކުޅުދުއްފުށީ ސިޓީގައި ގަވައިދާ ހިލާފަށް އުޅުނު 33 ބިދޭސީއަކު ފޮނުވާލައިފި
Thiladhunmathi News

ކުޅުދުއްފުށީ ސިޓީގައި ގަވައިދާ ހިލާފަށް އުޅުނު 33 ބިދޭސީއަކު ފޮނުވާލައިފި

ހދ. ކުޅުދުއްފުށި ސިޓީގެ ކޯވިޑް-19 ޓާސްކް ފޯހާއި އެސިޓީގެ ހުރިހާ  މުވައްސަސާތަކުން ހިންގުނު އޮޕަރޭޝަންގައި ގަވައިދާއި ހިލާފަށް އުޅުނު 33 (ތިރީސް ތިނެއް) ބަނގުލަދޭސް މީހަކު މާލެއަށް ފޮނުވާލައިފިއެވެ. އެމީހުން މާލެއަށް ފޮނުވާލާފައިވަނީ އިއްޔެގެ ވަގުތެއްގައި އެރަށު ބަހާދަރު ބޯޓުންނެއެވެ. ކުޅުދުއްފުށީ ސިޓީގެ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ބުނީ ރައީސްލް ޖުމުހޫރިއްޔާ އިބްރާހިމް ސޯލިހާއި އެކޮނޮމިކް މިނިސްޓަރ ފައްޔާޒާއި ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުން އަންނަ އެމް އެންޑީއެފް ގެ ބޭފުޅުންނާއ...

ދޮނަކުޅި ކަރަންޓީނު ފެސިލިޓީގައި ހުރި މީހަށް ކޭއާރުއެޗްގައި ފަރުވާ ދެނީ
Thiladhunmathi News

ދޮނަކުޅި ކަރަންޓީނު ފެސިލިޓީގައި ހުރި މީހަށް ކޭއާރުއެޗްގައި ފަރުވާ ދެނީ

ހއ. އަތޮޅު ދޮނަކުޅީގައި ތަރައްޤީކޮށް ހިންގާ ހައިޑަވޭ ރިސޯޓު ކަރަންޓީނު ފެސިލީޓީގައި، ކަރަންޓީނުގައި ހުރި މީހަކު ނޭވަޔަށް އުނދަގޫވެ ހާލު ދެރަވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގައި ފަރުވާ ދެމުން އެބަދެއެވެ. ހދ. ވައިކަރަދޫއަށް ނިސްބަތްވާ 54 އަހަރުގެ އެ އަންހެން މީހާ ކޭއާރުއެޗަށް ގެންގޮސްފައި ވަނީ އިއްޔެރޭ ގެ ވަގުތެއްގައެވެ. ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމުވަނީ ” ތިލަދުން ” އެކަން ކަށަވަރު ކޮށްދީފައެވެ. ނަސީމު ވިދާޅުވީ އެމީހާއަކީ މާލެއިން ވައިކަރަދުއަށް އަންނަން […]

މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާނެ ދުވަހެއް މިހިނދުން މިހިނދަށް އިއުލާން ކުރަން އެބަޖެހޭ: ޣަފޫރު
Parliament

މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާނެ ދުވަހެއް މިހިނދުން މިހިނދަށް އިއުލާން ކުރަން އެބަޖެހޭ: ޣަފޫރު

މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާނެ ދުވަހެއް މިހިނދުން މިހިނދަށް އިއުލާން ކުރަން ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުޢަބްދުލްޣަފޫރު މޫސާ ގޮވާލައްވައިފިއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެކުލަވާލި “މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން” (MSTG) ގެ ފުރަތަމަ ދެލިކޮޕީއަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅަން ބޭނުންވާ ކަންކަން އެ މިނިސްޓްރީއާ ޙިއްޞާކުރުމަށް އެދި ފޮނުވުމާ ގުޅިގެން، އެ ގައިޑްލައިން އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްގައި އިތުރަށް ވިދާޅުވީ ދެން ވިސް...

ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު އދގެ  އެޖެންސީ ތަކަށް ދެއްވައިފި
Raajje

ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު އދގެ އެޖެންސީ ތަކަށް ދެއްވައިފި

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު އދގެ އެޖެންސީ ތަކަށް ދެއްވައިފިއެވެ. މައުލޫމާތުތައް ހިއްސާކޮށްފައި ވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރާ އދގެ ހުރިހާ އެޖެންސީއެއްގެ އިސް ފަރާތްތަކާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބޭއްވި ބައްދަލުވުމުގައެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮން ކުރިއަށް ގެންދެވި މި ބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅޭ ގޮތުން މަޝްވަރާކުރައްވައި، މިހާލަތުގައި އދ އާއި އދގެ އެކި ގުނަވަންތަކުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް މިނިސްޓަރ ޝާހި...

ގުޅީ ފަޅުގައި 6000 ފްލެޓް އަޅާނެ ބިމެއް ހާއްސަ ކުރަން މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމައިފި
Parliament

ގުޅީ ފަޅުގައި 6000 ފްލެޓް އަޅާނެ ބިމެއް ހާއްސަ ކުރަން މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމައިފި

ގްރޭޓް މާލެ ޒޯންގައިވާ ގުޅީފަޅުގައި 6000 ހައުސިން ޔުނިޓް އަޅާނެ ބިމެއް ހާއްސަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމައިފިއެވެ. އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިނަމާފައިވަނީ މާލޭ ސަރަހައްދަކީ ތޮއްޖެހިފައިވާ ރަށަކަށްވެފައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޖާގަ އުފެއްދިދާނެ ތަނެއްގެ ގޮތުގައެވެ. އެހެންވެ  އެތަނުގައި ސޯޝަލް ހައުސިންއަށް 6000 ހައުސިން ޔުނިޓަށް ބޭނުންވާނެ ބިން ކަނޑައަޅަން ނިންމާފައިވެއެވެ. “ހަމައެކަނި އިގްތ...

ދަނޑުވެރިންނަށް ލިބުނު ގެއްލުމުގެ އަގު ތިން ލައްކައަށް، އެއްވެސް ބަދަލެއް ނުލިބޭ: ވައިކަރަދޫ ކައުންސިލް
Thiladhunmathi News

ދަނޑުވެރިންނަށް ލިބުނު ގެއްލުމުގެ އަގު ތިން ލައްކައަށް، އެއްވެސް ބަދަލެއް ނުލިބޭ: ވައިކަރަދޫ ކައުންސިލް

މިދިޔަ މަހު  21 އަދި 22 ވަނަ ދުވަހު މުޅި ރާއްޖެއަށް ކުރި  މޫސުމީ ވިއްސާރައިގައި ހދ. ވައިކަރަދޫ ދަނޑުތަކަށް ލިބުނު ގެއްލުން ތިން ލައްކަ ރުފިޔާއަށް އަރާއިރު މިހާތަނަށް ބަދަލެއްގެ ގޮތުގައި ސަރުކާރުން އެއްވެސް އެހީއެއް ދެއްވާފައި ނުވާކަމަށް ވައިކަރަދޫ ކައުންސިލުން ބުނެފިއެވެ. “ތިލަދުން” އަށް ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމު މައުލޫމާތު ދެމުން ބުނީ މިދިޔަ މަހު ކުރި ވިއްސާރައިގައި ދަނޑުވެރިންނަށް ލިބުނު ގެއްލުން ހޯދުމަށް ކުރެވުނު މަސައްކަތުގައި ވިއްސާރައިގައި ދަނޑުތަކަށް ލިބުނު ގެއްލުމުގަ...