ގްރޭޓް މާލެ ޒޯންގައިވާ ގުޅީފަޅުގައި 6000 ހައުސިން ޔުނިޓް އަޅާނެ ބިމެއް ހާއްސަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމައިފިއެވެ.

އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިނަމާފައިވަނީ މާލޭ ސަރަހައްދަކީ ތޮއްޖެހިފައިވާ ރަށަކަށްވެފައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޖާގަ އުފެއްދިދާނެ ތަނެއްގެ ގޮތުގައެވެ. އެހެންވެ އެތަނުގައި ސޯޝަލް ހައުސިންއަށް 6000 ހައުސިން ޔުނިޓަށް ބޭނުންވާނެ ބިން ކަނޑައަޅަން ނިންމާފައިވެއެވެ.

Ad
rt

"ހަމައެކަނި އިގްތިސޯދީ މަސައްކަތްތަކަށް އެ ސަރަހައްދު ހާއްސަކުރުމުގެ ބަދަލުގައި ދިރިއުޅުމުގެ ބޭނުމަށް ހިއްކާ ބިމުގެ 15 ޕަސެންޓު ހަމަޖައްސައި، މީގެ ތެރެއިން ސޯޝަލް ހައުސިން އަށް މަދުވެގެން 6000 ހައުސިން ޔުނިޓަށް ވާވަރުގެ ބިން ކަނޑައެޅުން،"

ހުށަހެޅުމެއްގެ ގޮތުގައި ރިޕޯޓުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން ކޮނުމާއި ބިން ހިއްކުމުގައި ކުރިމަަތިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް އެންވަޔަރަމެންޓަލް ގަވަނެންސް ހަރުދަނާ ކުރުމުގެ ގޮތުން އެޅުމަށް ފެންނަ ފިޔަވަޅުތައް ވެސް ރިޕޯޓުގައި ހިމަނާފައިވެއެވެ.

އެގޮތުން ގައުމީ ތަރައްގީ ކުރިއަށް ގެންދިއުމުގައި، މަޝްރޫއު ފެންވަރުގައި އީއައިއޭ ހެދުމަށް އިސްކަންދިނުމުގެ ބަދަލުގައި ސްޓްރެޓެޖިކް އެންވަޔަރަމެންޓަލް އެސެސްމަންޓް (އެސްއީއޭ) ހެދުމަށް ސަރުކާރުން އިސްކަން ދިނުމަށް ބުނެފައިވެއެވެ.

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ބޮސްކާލިސް ކުންފުންޏަށް ހަވާލު ކުރުމާއިއެކު މަސައްކަތް މިހާރު ކުރަމުން އަންނައިރު ވިލިމާލޭގެ ހުޅަނގު ދެކުނު ފަރާތުގެ ފަޅަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ

އެކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމާފައިވަނީ ކޮންމެ ދުވަހަކު އެއްފަހަރު ކިސަޑުގެ އަސަރު އެ ސަރަހައްދުތަކަށް ކުރަމުންދާ ގޮތް ބަލައި، ފޮޓޯ އާއި ވީޑިއޯ އާންމުކުރުމާއި ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ހުލާސާ ރިޕޯޓެއް ހަފުތާއަކު އެއް ފަހަރު އީޕީއޭ އިން ތައްޔާރުކޮށް އެ ރިޕޯޓް އާންމުކުރުމާއި އެ ރިޕޯޓް ކޮމިޓީއަށް ފޮނުވަން ޖެހޭނެ ކަމަށެވެ.

ރާއްޖޭގެ މައި ޕޯޓް ހެދުމަށް ގުޅީފަޅުން 192 ހެކްޓަރު ހިއްކުމުގެ ޕްރޮޖެކްޓެއް މިހާރު ވަނީ ފަށައިފަ އެވެ.