ކޯވިޑް19 އާއި ގުޅިގެން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފިއެވެ.

މުބާރާތް އަންނަ އަހަރަށް ފަސްކޮށްފައި ވަނީ ހޯމަ ދުވަހު ސާފުގެ މެންބަރު ގައުމުތަކުގެ ސެކެއްޓްރީ ޖެނެރަލުންނާއި އެކު ބޭއްވުނު ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއްގައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަހު އެވެ

Ad
rt

މިމުބާރާތް ފަސްކޮށްފައިވަނީ ސާފުގެ މެންބަރު ގައުމުތަކުގެމު ހާލަތު ހުރި ގޮތުން މި އަހަރު މުބާރާތް ބޭއްވޭނެކަމަށް ނުފެންނާތީއެވެ. ސާފް ސެކްޓަރީ ޖެނެރަލް އަންވަރު ހައްގާ ހަވާލަދީ ބޭރުގެ މީޑިޔާ ރިޕޯރޓްތައް ބުނާގޮތުން އަންނަ އަހަރު މުބާރާތް ބާއްވާނެ ތާރީހެއް ކަނޑައެޅުމަށް އަންނަ މަހުގެ ތެރޭގައި ނިންމުމެއް ނިންމުމަށްޓަކައި ސާފުގެ އެކްސްކޯއިން ދަނީ މަަސައްކަތް ކުރަމުން ދާ ކަމަށެވެ.

ކުރިން ކަނޑައަޅާފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހު ޑާކާގައި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާގޮތަށެވެ.

ބަންގާޅުގެ އެދުމަކަށް މި އަހަރުގެ ސާފު ޗެމްޕިއަންޝިޕް އެ ގައުމުގައި ބޭއްވުމަށް ކުރިން ސާފުން ފުރުސަތު ދީފައިވަނީ އެ ގައުމުގެ ފުރަތަމަ ރައީސް ޝެއިހް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ ސަތޭކަ އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމަށް ކުޅިވަރުގެ ހަރަކާތްތަކެއް ބާއްވަން އެގައުމުން ބޭނުންވާތީ އެވެ.

ކުރިން ކަނޑައަޅާފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހު ޑާކާގައި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާގޮތަށެވެ. މުބާރާތް އަންނަ އަހަރަށް ފަސްކުރަން ނިންމި ނަމަވެސް މުބާރާތް ބާއްވާނެ ތާރީހެއް އަދި ކަނޑަނާޅަ އެވެ.

ސާފުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ދިވެހިރާއްޖެ އެވެ. ދެފަހަރުމަތިން ދިވެހި ރާއްޖެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލްގައި އަވަށްޓެރި އިންޑިޔާ ބަލިކޮށްގެނެވެ.