ހދ. ކުޅުދުއްފުށި ސިޓީގެ ކޯވިޑް-19 ޓާސްކް ފޯހާއި އެސިޓީގެ ހުރިހާ މުވައްސަސާތަކުން ހިންގުނު އޮޕަރޭޝަންގައި ގަވައިދާއި ހިލާފަށް އުޅުނު 33 (ތިރީސް ތިނެއް) ބަނގުލަދޭސް މީހަކު މާލެއަށް ފޮނުވާލައިފިއެވެ.

އެމީހުން މާލެއަށް ފޮނުވާލާފައިވަނީ އިއްޔެގެ ވަގުތެއްގައި އެރަށު ބަހާދަރު ބޯޓުންނެއެވެ.

Ad
rt

ކުޅުދުއްފުށީ ސިޓީގެ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ބުނީ ރައީސްލް ޖުމުހޫރިއްޔާ އިބްރާހިމް ސޯލިހާއި އެކޮނޮމިކް މިނިސްޓަރ ފައްޔާޒާއި ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުން އަންނަ އެމް އެންޑީއެފް ގެ ބޭފުޅުންނާއި އަދި ފުލުހުންނާއި ހުރިހާ މުއައްސަސާތަކުން މިކަމަށް ދެއްވި އެހީތެރި ކަމާއި އެއްބާރުލުމަށް ސުކުރު އަދާ ކުރާ ކަމަށެވެ.

ރައީސްލް ޖުމުހޫރިއްޔާ އިބްރާހިމް ސޯލިހާއި އެކޮނޮމިކް މިނިސްޓަރ ފައްޔާޒް، ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުން އަންނަ އެމް އެންޑީއެފްގެ ބޭފުޅުންނާއި ފުލުހުން އަދި ހުރިހާ މުއައްސަސާތަކުން މިކަމަށް ދެއްވި އެހީތެރި ކަމާއި އެއްބާރުލުމަށް ސުކުރު އަދާ ކުރަން

މި އޮޕަރޭސަންގައި ކުޅުދުއްފުށިން ފުރުވާ ލުމުގެ ކުރިން ބިދޭސީން ޖަމާކުރަމުންދިޔައީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލަށެވެ. ފުރުވާލަން ވަންދެން އެ މީހުން ހދ އޭއީސީ ހޯލުގައި ބައިތިއްބާފައިވާއިރު އެތަނުގައި ވަނީ ބިދޭސީންގެ ހާލަތު ދެނެގަނެ ބެލުމަށްޓަކައި ކުޅުދުއްފުށި ސިޓީގައި ހަރަކާތެރިވަމުން އަންނަ ރެޑްކުރެސެންޓުގެ ފަރާތުން މޮނީޓަރ ކުރަމުންނެއެވެ.

އެ މީހުންނަށް ކާބޯތަކެއްޗާއި ބޭނުންވާ ޒަރޫރީ ހިދުމަތް ކައުންސިލުން ފޯރުކޮށްދީފައިވާއިރު އެހެން މުވައްސަސާތަކުން ދިޔައީ އެތަނުގެ ސެކިއުރިޓީއާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ

މިމަހުގެ 10 ވަނަ ދުވަހުވެސް ވަނީ ގަވައިދާ ހިލާފަށް އުޅެމުންދިޔަ 13 ބިދޭސީއަކު މާލެ ފުރުވާލާފައި އެވެ. އެފަހަރުވެސް ފޮނުވާލާފައިވަނީ ބަނގުލަދޭސަށް ނިސްބަތްވާ ބައެކެވެ. ކުޅުދުއްފުށީގައި300 އާއި ގާތްކުރާ އަދަދަކަށް ބިދޭސީން އުޅެމުންދާކަމަށް އެކައުންސިލުން މަޢުލޫމާތުދެއެވެ.