މިދިޔަ މަހު 21 އަދި 22 ވަނަ ދުވަހު މުޅި ރާއްޖެއަށް ކުރި މޫސުމީ ވިއްސާރައިގައި ހދ. ވައިކަރަދޫ ދަނޑުތަކަށް ލިބުނު ގެއްލުން ތިން ލައްކަ ރުފިޔާއަށް އަރާއިރު މިހާތަނަށް ބަދަލެއްގެ ގޮތުގައި ސަރުކާރުން އެއްވެސް އެހީއެއް ދެއްވާފައި ނުވާކަމަށް ވައިކަރަދޫ ކައުންސިލުން ބުނެފިއެވެ.

"ތިލަދުން" އަށް ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމު މައުލޫމާތު ދެމުން ބުނީ މިދިޔަ މަހު ކުރި ވިއްސާރައިގައި ދަނޑުވެރިންނަށް ލިބުނު ގެއްލުން ހޯދުމަށް ކުރެވުނު މަސައްކަތުގައި ވިއްސާރައިގައި ދަނޑުތަކަށް ލިބުނު ގެއްލުމުގައި ތިން ލައްކަ ރުފިޔާއަށް އަރާކަމަށާއި، އެކަމުގެ މައުލޫމާތުތައް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ފޯރުކޮށްދީފައި ވާނެކަމަށެވެ.

Ad
rt

އަދި މިހާ ދުވަސްވެގެން ދިޔައިރު ލިބުނު ގެއްލުމުގެ ބަދަލުގައި އެއްވެސް އެއްޗެސް ލިބިފައި ނުވާކަމަށާއި އެއްވެސް އިދާރާއަކުން މިކަމުގެ ހަބަރެއް ކައުންސިލްއަށް ނުވާކަން ހާމަކުރިއެވެ. މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއްކަމަށް އަހުމަދު ނަސީމު ހާމަކުރިއެވެ. އަދި ދަނޑުތަކަށް ލިބުނު ގެއްލުމުގެ މައުލޫމާތު ހޯދުމުގައި ވައިކަރަދޫ ދަނޑުވެރިން ދެއްވި އެހީތެރިކަމަށް ސުކުރުވެރިވާކަމަށް އޭނާ އިތުރަށް ހާމަ ކުރިއެވެ.

ވިއްސާރައިގައި އެރަށު ރައްޔިތުންނަށް ދަނޑުވެރިކަމަށް ދޫކޮށްފައިވާ ދަނޑުތަކަށް ބޮޑެތި ގެއްލުން ތަކުގެ ތެރޭގައި މިދިޔަ މަހުގެ 21 އަދި 22 ވަނަ ދުވަހު އެކަނިވެސް ދަނޑުތަކުން 1338 ފަތްކެޔޮ ގަސް ވެއްޓިފައިވާ ކަމަށާއި އޭގެ ތެރޭގައި ފަތްކެޔޮ ގަހުން ކެޔޮގަނޑު އައިސްފައިވާ 439 ހިމެނޭ ކަމަށްވެސް ކައުންސިލުން ހާމަކޮށްފައިވެއެވެ.

މި ކަމާއި ގުޅިގެން ވައިކަރަދޫ ދަނޑުވެރިޔަކު މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ މިދަތި އުނދަގޫ ދަނޑިވަޅުގައި މިލިބުނު ގެއްލުމުން އަރައިގަތުމަށް ސަރުކާރާއި މުވައްސަސާތަކުން އެއްވެސް ހަބަރެއް މިވީހާތަނަށް ނުވާކަމަށް ކައުންސިލްއިން މަޢުލޫމާތު ލިބިފައިވާކަމަށާއި ރާއްޖޭގެ އެހެން ރަށްރަށުގެ މީހުންނަށް މިވިއްސާރައިގައި ގެއްލުން ވުމުން އެމައްސަލައަށް މަޖިލިސް ތަޅުމުގައި ބަހުސްކުރެވިގެންދާތަން ފެންނަ ކަމަށެވެ. އެހެނަސް ވައިކަރަދޫ އާއި އުތުރުގެ އެހެން ރަށްތަކުގެ ދަނޑުވެރިންގެ މިކަންބޮޑުވުންތަކަށް އަޅާލާ މިކަން ގާތުން ބަލާނެ ފަރާތެއް ބޭނުންވާކަމަށް އޭނާ ބުނެފައިވެއެވެ.

ހަޤީގަތުގައިވެސް މި ވިއްސާރައިގައި ވަރަށް ގިނަ ދަނޑުވެރިންނަށް ގެއްލުން ލިބުނު، އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތެއްމީ، މިފަދަ ދަނޑިވަޅުގައި ބަދަލު ދިނުމުގެ އުސޫލެއް އޮންނަކަމަށް ވަނީ

ދަނޑުވެރިޔަކު އޭނާގެ އިޙްސާސްތައް ހާމަކުރަމުން ބުނެފައިވެއެވެ.

ކޯވިޑް19 އާއި ގުޅިގެން ވައިކަރަދޫ ރައްޔިތުންނަށް ލިބެމުންދިޔަ އިގްސާދީ ހީނަރުކަމުން އަރައިގަތުމަށް ޓަކައި ހުޅުވާލެވުނު ފުރުސަތުގެ ތެރެއިން ކުރު މުއްދަތުގެ ދަނޑުތަކެއް ދަނީ ދޫކުރަމުންނެވެ. މި ދަނޑުތަކުގައި ދަނޑުވެރިކަން ކުރެވޭނެ އެންމެ ދިގު މުއްދަތަކީ ހަމަސް ދުވަހެއެވެ.

މި ދަނޑުތަކަކީ ވަގުތީ ގޮތުން ކުރުމުއްދަތަކަށް ދޫކުރެވޭ ދަނޑުތަކަކަށް ވާތީވެ ދަނޑުތަކުގެ ބޮޑު މިނަކީ ހުށަހެޅިފައިވާ ގޭތަކުގައި ދިރިއުޅޭ މީހުންގެ އަދަދަށް ބަލައިގެން ދެވޭ މިނެކެވެ.މި ދަނޑުތައް ހޯދުމަށް 117 ފަރާތެއް ވަނީ ހުށަހަޅާފައެވެ. މިއީ މި ދަނޑުބިން ތަކުގައި ހެއްދޭނި ހަމައެކަނި ގޮވާމުގެ ބާވަތާއި ފަލަމަޑީގެ ބާވަތްތައް އެކަނިކަމަށްވެއެވެ.

މޭ މަހުގެ ތެރޭގައި ގަދަ ވަޔާއެކު ރާއްޖެއަށް ކުރި ވިއްސާރައިގައި ރަށްތަކަށް ލިބުނު ގެއްލުންތައް ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަދި އައްޑޫ ސިޓީގެ ރަށްތަކަށް މިދިޔަމަހު ކުރި ވިއްސާރައިގައި އެ ސިޓީއަށް ކުރިމަތިވެފައިވާ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ކޮމިޓީގެ ދާއިރާގެ ތެރެއިން ޙައްލުހޯދިދާނެ ކަންކަމާ ގުޅޭގޮތުން ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުން މިއަދު ވަނީ ފާސްކުރެއްވިފައެވެ.