ބެޓެރީ ވެހިކަލް ރާއްޖެ އެތެރެކޮށް މާކެޓްކުރުމުގައި ރާއްޖޭގައި ނަގާކިޔަމުންދާ އެންމެ މަޝްހޫރު ފިހާރައަކީ ބެސްޓް ބަޑީކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

މި ގޮތުން ރަށުޕިކަޕް އާއި އޭގެ ސްޕެއަރޕަަރޓްސް އެންމެ ފުޅާދާއިރާއެއްގައި ރާއްޖޭގައި ވިއްކަނީ ބެސްޓް ބަޑީ ފިހާރައިންނެވެ. ރަށުޕިކަޕަކީ އާދަޔާއި ހިލާފަށް ރަށްފުށުގެ މަސަކަތްތެރިންގެ ހިތެވެ. މަސައްކަތުގެ ވިންދެވެ. ހާއްސަކޮން ކުޑަ ހަރަދަކުން އެއްތަނުން އަނެއްތަނަށް ދަތުރު ކޮށްލެވޭ އުޅަދަކަށް ރަށުޕިކަޕް ވެގެން ދިޔައެވެ. އެއީ އޭގެ ބޭނުން ބޮޑުވެފައި ގެންގުޅެން ކުޑަބަޖެޓަކުން ފުއްދާލެވި މަރާމާތު ކުރަން ފަސޭހަ އުޅަނދަކަށް ވުމާއެކު އޭގެ ސްޕެއަރ ޕާރޓްސް ފަސޭހަކަމާއެކު ބެސްޓް ބަޑީއިން އަތްފޯރާފަށުގައި ފަސޭހަކަމާއެކު ލިބެން ހުންނާތީއެވެ.

Ad
rt

މިއީ ރާއްޖެ އެތެރެކުރި އުޅަނދުތަކުގެ ތެރެއިން އާންމު މަސަކަތްތެރިންގެ އިތުބާރު ހޯދި ފުރަތަމަ އުޅެނދެއެވެ. އުޅަނދު ދުއްވުމުގައި ހަރަދު ކުޑަވެގެން ދިއުމަކީ މަސައްކަތްތެރިން ބެސްޓްބަޑީއާއި މެދު އެންމެ ގަޔާވި އެއްސަބަބެއެވެ. އަދި ރަށުޕިކަޕް ވެގެންދިޔައީ ރަށްފުށުގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމަށް ބޮޑު އިންގިލާބެއް ގެނެސްދިން ބައިވެރިއަކަށެވެ. އިތުބާރު ހިފޭ އުޅަދަކަށްވެ ސިކުނޑިއަށް ލުއިވެގެން ދިއުންވެގެން ދިޔައީ ބެސްޓްބަޑީގެ ފިހާރައިން ބެޓެރީގެ ތަފާތު އުޅަނދުތައް ރާއްޖެއަށް އެތެރެ ކުރަން މަޖުބޫރު ކުރި ކަމެކެވެ.

ކަސްޓަމަރުން އެދޭ ހަލުވި ދުއްވުމަކަށް އިޖާބަދިނުމުގެ ބޭނުމުގައި ބެޓެރީ ވެހިކަލްގެ ތަފާތު ވެހިކަލްތައް ބެސްޓް ބަޑީއިން އެތެރެކުރަންފެށިއެވެ. މި ގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަރުމާކޮށްފައިވާ 3 ފުރޮޅުލީ ސްކޫޓަރ އަދި މޮޓޮރައިޒް ވީލް ޗެއަރވެސް ބެސްޓް ބަޑީއިން މިހާރު ވިއްކަމުންދެއެވެ. މީގެ އިތުރުން ބެޓެރީ ސްކޫޓަރ އަދި ބެޓެރީ ބަގީ ފަދަ އުޅަނދު ފަހަރު ގަންނަން ބޭނުންނަމަ އެންމެ އިތުބާރު ހިފޭ ފިހާރައަކީ ބެސްޓް ބަޑީއެވެ.

ބެސްޓްބަޑީގެ ފަރާތުން މާލެ އާއި ހދ. ކުޅުދުއްފުށީ ސިޓީގައި ހިންގަމުންދާ ވިޔާފާރީގައި މަސަކަތްތެރިން އިތުބާރު ހިފޭ ޗައިނާގެ މަސްހޫރު ހާޑްވެއަރ ބްރޭންޑެއް ކަމުގައިވާ އެމްޕީޓީ ޓޫސް ރާއްޖޭއަށް އެތެރެ ކުރެއެވެ. ކުޑަބަޖެޓަކަށް އިތުބާރުހިފޭ ސާމާނުގެ ގޮތުގައި ނަގާކިޔާ އެމްޕީޓީ ބްރޭންޑް ޓޫލްސްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރަކީވެސް ބެސްޓްބަޑީއެވެ. މިހުރިހާ ސަބަބަކާ ހެދި މިހާރު ބެސްޓްބަޑީ ވެގެން ގޮސްފައިވަނީ މަސައްކަތްތެރިންނާއި ގުޅުވައިދޭ އަގުހެޔޮ ބައިވެރިޔަކަށެވެ.

ބެސްޓް ބަޑީ އިން މުދަލެއް ގަންނަން ބޭނުންވެއްޖެ ނަމަ އަދި މުދަލާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ބެސްޓް ބަޑީ ކުޅުދުއްފުށި 9907010، ބެސްޓް ސާރކަލް 6528980 އަދި މާލެ ސަރަހައްދުން ނަމަ 9936915 ނަންބަރ އަށް ގުޅައިގެން ކުރިއަށް ދާންވީއެވެ. ބެސްޓްބަޑީ އަކީ ތިޔަ އެންމެ ބޭފުޅުންގެ އެންމެ ގާތް އެކުވެރިޔާއެވެ.