މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާނެ ދުވަހެއް މިހިނދުން މިހިނދަށް އިއުލާން ކުރަން ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރުޢަބްދުލްޣަފޫރު މޫސާ ގޮވާލައްވައިފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެކުލަވާލި “މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން” (MSTG) ގެ ފުރަތަމަ ދެލިކޮޕީއަށް ރައްޔިތުންގެ މަޖިލީހުން ހުށަހަޅަން ބޭނުންވާ ކަންކަން އެ މިނިސްޓްރީއާ ޙިއްޞާކުރުމަށް އެދި ފޮނުވުމާ ގުޅިގެން، އެ ގައިޑްލައިން އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްގައި އިތުރަށް ވިދާޅުވީ ދެން ވިސްނަންވީ ދިވެހި އިގްތިސޯދު ސަލާމަތް ކުރެވޭނެ ގޮތަކާއި މެދު ކަމަށެވެ.
އަދި ރާއްޖޭގައި ހުރި ބޮޑެތި ކުންފުނިތަކުން އެކުންފުނިތަކުގެ ވިޔަފާރިތައް ހުޅުވުމަށްޓަކައި ތައްޔާރަށް ތިބި ކަމަށާއި ރިސޯޓްތައް ހުޅުވިގެން ދާނީ އެއާޕޯޓް ހުޅުވިގެން ކަމަށް އަބްދުލްޣަފޫރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ އަންނަން ބޭނުންވާ ވަރަށް ގިނަ ފަތުރުވެރިން ތިބިކަމަށާއި އެފަރާތައް ރާއްޖެއަށް އާދެވެން ވެސް އޮތީ އެއާޕޯޓް ހުޅުވާލާނެ ތާރީހެއް އެނގިފައި އޮތުމުންކަމަށް އަބްދުލްޣަފޫރު ވިދާޅުވިއެވެ.
ޖުމްލަކޮށް ބުނަންޔާ ރާއްޖޭގެ އިޤްތިޞާދު މިއޮތީ ގައުމީ ސަލާމަތައް ނުރައްކާވާ ހިސާބުގައި. ރާއްޖޭގެ އިޤްތިޞާދު ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތް އަވަހަށް ފައްޓަން އެބަޖެހޭ އެކަން ކޮށްގެން އަޅުގަނޑުމެނަށް އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ރައްޔިތުންނަށް ފުއްދަ ދިނުމުގައި ދެމިތިބެވޭނީ. ރާއްޖޭގެ މައި ވައިގެ ބަނދަރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާނެ ދުވަހެއް އެބަޖެހޭ މިހާރުން މިހާރަށް އިއުލާނު ކުރަން އިއްޒަތްތެރި ރައީސް. އެއީ ވަރަށް މުހިންމު ކަމެއް،
އަބްދުލްޣަފޫރު ވިދާޅުވި އެވެ.
ކޯވިޑާއި ބެހޭ ގޮތުން ރާއްޖޭގެ ސިއްހީ މާހިރުންނާއި ރާއްޖޭގައި މިކަމުގައި އުޅުއްވި އެންމެ ބޭފުޅުން އެކަމުން އަރައިގަނެވޭނެ ކަމުގެ އުންމީދާއި އިތުބާރު އެ ފަރާތްތަކުގެ އަމިއްލަ ނަފްސަށް ހޯދާފައިވާ ކަން ފާހަގަކުރައްވަމުން ވިދާޅުވީ ދެން ވިސްނަންވީ ދިވެހި އިޤްތިޞާދު ސަލާމަތް ކުރެވޭނެ ގޮތަކާއި މެދު ކަމަށެވެ.
"އެހެންވީމާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާނެ ދުވަހެއް މިހިނދުން މިހިނދަށް އިއުލާން ކުރަން އެބަޖެހޭ. އެކަން ކޮށްގެން އަޅުގަނޑުމެންގެ އިގްތިސޯދު ކުރިއަރައިދާނީ، މި އޮތް ގޮތަށް އަޅުގަނޑުމެން ދާ ނަމަ ކުރިއަށް މިއޮތް ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް 200 މިލިއަން ރުފިޔާ މަހެއްގެ މައްޗަށް ވަންނާނެ އެއްވެސް ގޮތެއް އަޅުގަނޑުމެނަކަށް ފެންނާކަށް ނެތް
ރާއްޖޭގެ އިޤްތިޞާދު ނެގެހެއްޓުމަށްޓަކައި ރާއްޖެއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި އެ ޒިންމާ ސަރުކާރާއި ގުޅިގެން މަޖިލީހުން ނަގައިގެން ނޫނީ ދައުލަތް ދެމެހެއްޓޭނެ ގޮތްތަކެއް ފެންނަމަކުން ނުދާކަން ފާހަގަ ކުރަމުން އަބްދުލްޣަފޫރު ވިދާޅުވި އެވެ.
ޖުލައި މަހު ޓޫރިޒަމަށް އަލުން ހުޅުވާލާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. ނަމަވެސް ސީދާ ތާރީހް އަދިވެސް ހާމަކޮށްފަ އެއް ނުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!