ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް( ބީ.ސީ.ސީ )ގެ ފަރާތުން އޮންލައިން ކޮން ކިޔަވާދޭ ހިލޭ ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ބީ.ސީ.ސީ ގުޅިގެން ކުރެވުނު މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން ބީ.ސީ.ސީ އަށް ވަނީ އެމެރިކާގެ އޮންލައިން ލާނިންގ ޕްލެޓްފޯމެއް ކަމުގައިވާ "ކޮސެރާ" ގެ ވާކްފޯސް ރިކަވަރީ އިނީޝިއޭޓިވްގެ ދަށުން 5000 މީހުންނަށް ތަފާތު އެކިއެކި ޓެކްނިކަލް އަދި ޓެކްނިކަލް ނޫން ދާއިރާތަކުގެ ކުރު ކޯސްތަކަށް ދުނިޔޭގެ ފާހަގަކޮށްލެވޭ ޔުނިވާސިޓީތަކާއި އެފަދަ އެހެނިހެން އިންސްޓިޓިއުޝަންތަކުން 6 މަސްދުވަހުގެ މުއްދަތަކަށް ކިޔެވޭނެ ކަމަށެވެ.
މި ކޯސްތަކުގައި ކިޔަވާ ދިނުމަށް ހަމަޖެހިފައިވަނީ 6 ދާއިރާއަކަށް ބަހާލައިގެން ނެވެ.
- ޑޭޓާ ސައިންސް، އެޕް/ސޮފްޓްވެއަރ ޑިވެލޮޕްމެންޓް، ޕްރޮގްރާމިންގ (އާޓިފިޝަލް އިންޓެލިޖެންސް، ޕައިތަން، ބިގްޑޭޓާ، ސައިބަރ ސެކިއުރިޓީ، ކްލައުޑް ކޮމްޕިއުޓިންގ)
- އިންޖިނިއަރިންގ (އިލެކްޓްރިކަލް، މެކޭނިކަލް، އިލެކްޓްރޯޑައިނަމިކްސް، ނޭނޯ ޓެކްނޮލޮޖީ، ޖީ.އައި.އެސް މެޕިންގ، މެޓީރިއަލް ބިހޭވިއަރ، އޯޑިއޯ/މިއުޒިކް އިންޖިނިއަރިންގ)
- ފައިނޭންސް (ވެލުއޭޝަން، ޑޭޑާ އެނެލެޓިކްސް، ޕޯޓްފޯލިއޯ އެންޑް ރިސްކް މެނޭޖްމަންޓް، އެސެޓް މެނޭޖްމެންޓް، ކެޕިޓަލް/މަނީ މާކެޓް، ފިންޓެކް ލޯ/ސެކިއުރިޓީ/ރެގިއުލޭޝަން/ޑިސްރަޕްޓިޕް އިނޮވޭޝަން، އޯޑިޓިންގ، އިންޓަނޭޝަނަލް ޓެކްސް)
- ސޯޝަލް ސައިންސް (އެޑިއުކޭޝަން، ގަވަނެންސް، ލޯ، އިކޮނޮމިކްސް)
- ހެލްތް އެންޑް ޕާސަނަލް ޑިވެލޮޕްމަންޓް (ޕަބްލިކް ހެލްތް، ނިއުޓްރިޝަން، ސައިކޮލޮޖީ، ޕޭޝަންޓް ކެއަރ، ފިޓްނެސް)
- ފޮޓޯގްރަޕީ، ވީޑިއޯގްރަފީ، ގްރެފިކްސް ޑިޒައިނިންގ، އެނިމޭޝަން އަދި މިނޫންވެސް އެހެނިހެން ގިނަ ކޯސްތައް
މިކޯސްތަކުގައި ކުރިމަތިލުމުގެ ހަމަ އެކަނި ޝަރުތަކީ އުމުރުން 15 އަހަރު ވެފައި ހުރުމުގެ އިތުރުން އަދި ކޯސް ފުރިހަމަ ކުރުމުން ސެޓްފިކެޓް ހާސިލް ކުރުމުގެ ފުރުސަތުވެސް ލިބިގެން ދާނެ ކަމަށާއި މިއީ ދިވެހިރާއްޖޭގައި ޑައިވާސިފައިޑް ސްކިލް ސެޓެއް ގާއިމު ކުރުމުގެ މަގްސަދުގައާއި ތަފާތު ހުނަރުތަކަށް ޒުވާނުން ޝައުގުވެރިކުރުވުމަށާއި އަދި ކޯވިޑް-19 އަށްފަހު ވަޒީފާގެ ބާޒާރަށް ޒުވާނުން ނުކުންނައިރު އެކަމަށް އެހީތެރިވެދިނުމުގެ ގޮތުން ހިންގޭ ކޯސްތަކެއް ކަމަށް ވެއެވެ.
މި ސްކީމްގައި ބައިވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން 31 ޑިސެންބަރު 2020 ވަނަ ދުވަހާއި ހަމައަށް ތަފާތު އެކި އެކި ދާއިރާތަކުގެ ކުރު ކޯސްތަކުގައި އެންރޯލްވެ، ކިޔެވުމަށް ފުރުޞަތު ދެވިގެންދާނެކަމަށެވެ. އެހެން ނަމަވެސް އެންރޯލް ވުމުގެ އެންމެ ފަހުގެ ތާރީހަކީ 30 ސެޕްޓެންބަރ 2020 ކަމަށް އެންގުމުގައިވެއެވެ.
އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ training@bcn.mv އަށް އީމެއިލްގެ ޒަރިއްޔާއިން ނުވަތަ ބީ.ސީ.ސީގެ ހޮޓްލައިން 7913535 މެދުވެރިކޮށް ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރު 12 އިން ހަވީރު 4 އަށް ގުޅުއްވުން އެފަރާތުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!