ހދ. ނޮޅިވަރަމްގެ ކްލަބެއް ކަމަށްވާ ރިވައިލް ސްޕޯރޓްސްއިން އެރަށުގައި އައުޓްޑޯރ ބެޑްމެންޓަން މުބާރާތެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެކަމާއި ގުޅިގެން ރިވައިލް ސްޕޯރޓްސްއިން ނެރެފައިވާ ނޯޓިސްއެއްގައި ވަނީ، އެއީ އެރަށުގައި ބެޑްމެންޓަން އާލާކޮށް ދިރުވުމާއި، ބެޑްމިންޓަން ކުޅޭކުދިން އިތުރުކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޯޕަން ޑަޕަލްސް މުބަރާތެއްގެ ގޮތުގައި އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބައިވެރި ވެވޭ ގޮތަށެވެ. މި މުބާރާތުގައި ފެށުމަށް ހަމަޖެހިފައިވަނީ 20 ޖޫން 2020 ވަނަ ދުވަހުއެވެ.
މި މުބާރާތުގައި ބައިވެރި ވާން ބޭނުންވާ ފަރާތްތަކުން ކޮންމެ ޕެއަރ އެޕެއަރއެއްގެ އައިޑީ ކާރޑުގެ ދެފުށުގެ ފޮޓޯއެއް 7905687 ނަމްބަރ އަށް ވައިބަރ ކޮށްލުމަށް އެފާރާތުން އެދެއެވެ.
މި މުބާރާތުގެ އެންޓްރީ ފީއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ކޮންމެ ޕެއަރއަކަށް ސަތޭކަރުފިޔާ ކަމަށާއި މުބާރާތުގެ ޗެމްޕިއަން ޕެއަރއަށް ފަނަރަސަތޭކަ ރުފިޔާ އާއި މެޑަލް ހުށަހަޅާފައި ވާއިރު، މުބާރާތުގެ ރަނަރއަޕް ޕެއަރއަށް މެޑަލްގެ އިތުރުން ހަތްސަތޭކަ ފަންސާސް ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ ކަމަށް އެ ކްލަބުން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!