ހިފަހައްޓައިގެން އުޅުނީ ބަނގުރަލުގެ ވިޔަފާރިކުރަން އުޅުން މީހެއް
މާލޭގެ މަޖީދީމަގުން ބަނގުރަލުގެ ވިޔަފާރިކުރަން އުޅުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މީޑިޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ، އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް އާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިރޭ މާލޭގެ މަޖީދީމަގުން ހުއްޓުވައި ބަލައި ފާސްކޮށް ބަނގުރަލާ އެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ގދ. ގައްދޫ / ރެޑް މާގެ، މުޙައ...