ނޭޕާލްގެ ރައްޔިތެއް ކަމަށްވާ 25 އަހަރުގެ ކަންޗަން ދުންގެލް މަރުވި މައްސަލަ ދިވެހި ފުލުހުން ތަޙުޤީޤު ކުރަމުން އަންނަ ކަމަށާއި އެކަމާ ގުޅޭ މަޢުލޫމާތު މީޑީއާތަކާއި ފުލުހުން ހިއްސާކޮށްފި އެވެ.
ފުލުހުން ބުނީ، މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރެވިފައިވަނީ 9 ނޮވެމްބަރ 2024 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
ފުލުހުންގެ ތަޙުޤީޤަށް އެނގިފައިވާ ގޮތުގައި ކަންޗަން ދުންގެލް އައިޖީއެމް ހޮސްޕިޓަލުގެ އިމަޖެންސީ ރަޖެންސީ ރޫމަށް ގެނެވިފައިވަނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާ ފެސޭ ޙާލަތުގައެވެ. އަދި ހޮސްޕިޓަލަށް ގެނައުމުގެ މަގުމަތީގައި ކަންޗަން ދުންގެލްގެ ޚަބަރު ހުސްވިކަން ފާހަގަކުރެވިފައިވެއެވެ.
މެޑިކޯ-ލީގަލް ރިޕޯޓުގައި ކަންޗަން ދުންގެލް ނިޔާވި ސަބަބު "އަންނޯން" ކަމަށް ވަނީ ބަޔާންކޮށްފައެވެ. ރިޕޯޓުގައި، ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަކަށް ފާހަގަ ކޮށްފައިނުވެއެވެ. އަދި ކަންޗަން ދުންގެލް އަކީ އެނީމިއާގެ މެޑިކަލް ހިސްޓްރީއެއް އޮންނަ މީހެއްކަން އެނގިފައިވެއެވެ.
ކަންޗަން ދުންގެލްގެ ހަށިގަނޑާ ސްޕޮންސަރގެ ފަރާތުން ޙަވާލުވެފައި ނުވާތީ ކަންޗަން ދުންގެލްގެ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައިވަނީ ފުލުހުންގެ ޙަވާލުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!