މާލޭގެ ދެ ސަރަހައްދަކުން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 25 ބިދޭސީއަކު މިއަދު ހިފަހައްޓައިފިއެވެ.

މި ބިދޭސީން ހިފެހެއްޓީ ލޯކަލް މާރުކޭޓު ސަރަހައްދާއި ހީނާމާގެ ޕާކިން ސަރަހައްދުންނެވެ.

Ad
rt

މޯލްޑިވްސް އިމިގްރޭޝަނުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ދެ ސަރަހައްދަކީ މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ނުފޫޒުގަދަ ދެ ސަރަހައްދު ކަމަށް "އިމިގްރޭޝަން ވޮޗް" އަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މިއަދު ފުލުހުންނާއި އިމިގްރޭޝަންގެ ޓާސްކުފޯހުން މި ދެ ސަރަހައްދަށް ޚާއްޞަކޮށްގެން ޚާއްޞަ ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މި އޮޕަރޭޝަންގައި ޖުމްލަ 137 ބިދޭސީއަކު ބަލައި ފާސްކޮށް، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 25 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ ދީފައިވެއެވެ.

މިއަދުގެ ރެއިޑް އޮޕަރޭޝަނުގައި އިމިގްރޭޝަންގެ ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވަޙީދު އާއި ޑެޕިއުޓީ ކޮންޓްރޯލަރ އަޙްމަދު އަޝްފާން ވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ.

އިއްޔެ ވެސް އިމިގްރޭޝަނުން ވަނީ ލޯކަލް މާރުކޭޓް ސަރަހައްދުގައި ރެއިޑް އޮޕަރޭޝަނެއް ހިންގާފައެވެ. އިއްޔެ ފަތިހުން ފެށިގެން މެންދުރާ ހަމައަށް ކުރިއަށް ގެންދިޔަ އެ ރެއިޑުގައި އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި، ލަފައިފުރާ އުޅަނދުތައް ވެސް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 23 ބިދޭސީއަކު ހިފަހައްޓާފައިވެއެވެ.

މި ރެއިޑްތަކަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުަސައްކަތުގެ ބައެކެވެ.