އެޖެންޑާ-19، ނަޒާހަތްތެރި މަޖިލިސްގެ މިސްރާބު ހުރީ ކޮން ދިމާއަކަށް؟
19 ވަނަ ރައްޔިތުންގެ މަޖިލިސްގެ ކެމްޕެއިންގައި ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނެގިގެން ދިޔައީ 19 ވަނަ މަޖިލިސްގެ އަޣުލަބިއްޔަތު ވަކި ޕާޓީއަކަށް ލިބިއްޖެނަމަ މަޖިލިސް ނަޒާހަތްތެރި މަޖިލިސްއަކަށް ވެގެން ދާނެ ކަމުގެ ވަޢުދެވެ. އެ ނަޒާހަތްތެރި ކަމުގެ ވަޢުދުގެ ބާރުގައި ރައްޔިތުން ނުކުމެ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ބިޔަ މެޖޯރިޓީއެއް 19 ވަނަ މަޖިލީހުން ހިބަކޮށްދިނެވެ. މަޖިލިސްގެ ތާރީޚްގައި އިންތިޚާބެއްގައި އެއްވެސް ބަޔަކަށް ނުލިބޭ ޝަރަފާއި، ބާރުވެރިކަން ރައްޔިތުން ވެރިކަން ކުރާ މައިޕާޓީއަށ...