ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 2 ދިވެހިން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށާއި އެ ދެމީހުން ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

Ad
rt

ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ އިއްޔެ ފަތިހު 5:00 ހާއިރުއެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަފާރީ އިން 39 އަހަރުގެ 2ދިވެހިން ހައްޔަރުކޮށްފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން މާލޭ ގެސްޓްހައުސްއެއްގެ ތެރޭގައި 11 އަހަރުގެ އަންހެން ކުއްޖަކު ވެސް ރޭޕްކޮށްފައިވެ އެވެ. އެ ކުއްޖާ ރޭޕްކޮށްފައިވަނީ ގުރޫމް ކޮށްގެނެވެ. އެ މައްސަލާގައި މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.

އޭގެ އިތުރުން ވެސް އަންހެން ކުއްޖަކު ބްލެކްމެއިލްކޮށްގެން ރޭޕްކުރި މައްސަލައެއްގައި ވެސް ދިވެހި ޒުވާން ފިރިހެނަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވެ އެވެ.