އެއްޖިންސުން ގުޅުން ހިންގާކަމުގެ ތުހުމަތުގައި ހދ. މަކުނުދޫއިން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މިމީހާ ހައްޔަރު ކުރުމާއި ގުޅިގެން "ތިލަދުން" އަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ މަކުނުދޫގައި ބަޔަކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބުނެ މައްސަލައެއް އިއްޔެ ހަވީރު 18:00 އެހައިކަން ހާއިރު ފުލުހުންނަށް ހުށައެޅިފައިވާ ކަމަށާއި މި މައްސަލަ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންކަމަށެވެ.

Ad
rt

މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދިވެހި ފިރިހެނަކު މިއަދު ވަނީ ހައްޔަރުކޮށްފަ

ފުލުހުން ބުނެފައިވެއެވެ.

Thiladhun | Voice of Thiladhunmathiއެއްޖިންސުން ގުޅުން ހިނގާބަޔަކު އުޅޭތީ މަކުނުދޫގައި މުޒާހަރާ ކުރަނީA hub for conversation about news and ideas from Bodu Thiladhunmathi.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިއީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. މަކުނުދޫގައި އިއްޔެ ހަވީރު ކުރި މުޒާހަރާއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މަކުނުދޫގައި ބަޔަކު އެއްވެ ޚިޔާލު ފާޅުކުރާ ކަމުގެ މައުލޫމާތު ފުލުހުއްނަށް ލިބިފައިވާކަމަށާއި ނަމަވެސް މި އެއްވުމުގައި އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާތީ އެއްވުމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

އޭނާ ހައްޔަރު ކޮށްފައި ވަނީ މަކުނުދޫގައި ދެފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ އެރަށު ތެރޭގައި ލީކް ވުމުން ވެސް ފުލުހުން އެއިން މީހަކު ހައްޔަރު ކޮށްފައި ނުވާތީ އިއްޔެ ހަވީރު 4 ފެށިގެން ރެއާއި ހަމައަށް މަކުނުދޫ ޒުވާނުން ނިކުމެ މުޒާހަރާ ކޮށްފައިވަނިކޮންނެވެ. މިފަދަ މައްސަލައެއް ފެންމަތިވެ އެރަށު ގެޔަކަށް ވަނީ ކަޅުތެޔޮވެސް ޖަހާފައެވެ. އެއްޖިންސުން ގުޅުން ހިންގާކަމުގެ ތުހުމަތުގައި އެރަށުގެ 3 ގެއެއް ކައިރީ މުޒާހަރާކޮށްފައިވެއެވެ.