މަދަމާއިން ފެށިގެން މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރަންފަށާ ސަރުކާރުގެ އޮފީސްތަކާއި ވިޔަފާރިތަކާއި ކެފޭ، ރެސްޓޯރަންޓްތައް ހުޅުވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުދަ ދުވަހުން ފެށިގެން ނިއުނޯމަލްގެ އުސޫލުތަކުގެ ތެރެއިން ސަރުކާރުގެ އޮފީސްތަކާއި، ވިޔަފާރިތަކާއި ކެފޭ، ރެސްޓޯރަންޓްތައް ހުޅުވުމުގެ ހުއްދަ ދެއްވާފައިވާކަމަށެވެ.
ކޯވިޑް19ގެ ސަބަބުން މާލެ ސަރަހައްދު ފުރަބަންދުކުރުމާއި ގުޅިގެން ސަރުކާރުގެ އޮފީސްތަކާއި ކެފޭ ރެސްޓޯރަންޓްތައް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް އެކި މަރުހަލާތަކަކަށް ބަހާލައިގެން ސަރުކާރުން އަންނަނީ ފުރަބަންދަށް ލުއިތަކެއް ދެމުންނެވެ. މިހާރުވެސް ގިނަ ލުއިތަކެއް ދީފައިވާއިރު މާދަމާއިން ފެށިގެން އިތުރު ލުއިތައް ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.
މާދަމާއިން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ހުއްދަ ދޭން ނިންމާފައިވާ ކަމަށް ރައީސް މިއަދު ވިދާޅުވިއިރު، މާދަމާއިން ފެށިގެން ކޯވިޑް19 ގެ ނިއު ނޯމަލްގެ އާ މަރުހަލާއެއް ފަށަން ވަނީ ނިންމައިފަ އެވެ.
މާޗު މަހުން ފެށިގެން މިސްކިތްތައް ބަންދުކޮށްފައި އޮތުމަށްފަހު، އަލުން މިސްކިތްތައް ހުޅުވާލުމުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މިސްކިތުގައި ނަމާދުކުރަން ފަށައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!