•  
  •  
  •  
  •  
  •  
  •  
  •  

ރިޔާސީ ކޮމިޝަންތަކުން އެޓަރނީ ޖެނރަލްގެ އޮފީހަށް ފޮނުވާ މަޢުލޫމާތާއި ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓުމަށްޓަކައި ޢަމަލުކުރާނެ ޚާއްޞަ އިޖުރާއަތުތައް އެކަށައަޅައި، ކަމާބެހޭ އިންތިޒާމްތައް ހަމަޖެއްސުމާބެހޭ އުޞޫލު ޢާންމުކޮށްފިއެވެ.

ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އެކުލަވާލި މި އުޞޫލުގެ ބޭނުމަކީ ރިޔާސީ ކޮމިޝަންތަކުން ތަޙުޤީޤުކޮށް، ދަޢުވާ ކުރުމަށާއި ފިޔަވަޅު އެޅުމަށް އެޓަރނީ ޖެނަރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ހިމެނޭ އެންމެހައި މަޢުލޫމާތާއި ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓުމަށްޓަކައި ޢަމަލުކުރާނެ ޚާއްޞަ އިޖުރާއަތުތައް އެކަށައަޅައި، އެކަމާބެހޭ އިންތިޒާމްތައް ހަމަޖެއްސުމެވެ.

ސިއްރު މަޢުލޫމާތަކީ ކޮބައިކަމާއި އެފަދަ މަޢުލޫމާތަކާމެދު ޢަމަލުކުރާނެ ގޮތާއި ތިންވަނަ ފަރާތަކާ އެ މަޢުލޫމާތު ޙިއްސާކުރެވޭނެ ޙާލަތްތަކާއި އެކަމުގައި ޢަމަލުކުރާނެ ގޮތް މި އުޞޫލުގައި ބަޔާންކުރެވިފައިވާނެއެވެ.

މި އުޞޫލު އެޓަރނީ ޖެނަރަލްގެ އޮފީހުގެ ވެބްސައިޓުގައި 30 ޖޫން 2020 ވަނަ ދުވަހު ވަނީ ޝާއިޢުކޮށްފައެވެ.

ޚިޔާލު

Your email address will not be published.

More in ރާއްޖެ