ހައްޤުތައް ގެއްލިފައިވާ އެތައްބަޔަކު އެބަތިބި، މިސަރުކާރުގައިވެސް އިންސާފު ޤާއިމްވެގެން ދާތަން އަދި ނުފެންނަކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ނޮޅިވަރަމް ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ރާއީ ވިދާޅުވީ އަބަދުވެސް އުއްމީދުކޮށްގެން މި ތިބެނީ އިންސާފު ލިބޭނެ ދުވަހަކަށް ކަމަށާއި އެހެންނަމަވެސް ފުރިހަމަގޮތުގައި އިންސާފު ލިބިގެންދާ ތަނެއްނުފެންނަ ކަމަށެވެ.

Ad
rt

އަޅުގަނޑު ދިވެހިރާއްޖޭގެ ސަރުކާރާއި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި އިއްޒަތްތެރި ރައީސަށް ފާހަގަކޮށްލަން، އަޅުގަނޑުމެންގެ ދާއިރާގެ 3 ރަށުގެ ރައްޔިތުން، އޭގެތެރޭގައި އަންހެން ބޭފުޅުން އެބަތިބި. އެ ބޭފުޅުންނަށް އިންސާފު ނުލިބި ދަނީ. ވަރަށް ހަޑި ނަޖިސް ފެނުން ފެންވަރަނީ. 20 އަހަރަށް ވުރެ މާ ގިނަ ދުވަސް ވެއްޖެ އެ ވާހަކަ ދައްކާތާ. ގައިގައި ބިހި ނަގައި، ކުޑަކުދިން ވެސް ބިހިނަގައި، މިކަހަލަ ވަރަށް ބައިވަރު ޞިއްޙީ މައްސަލަތައް ދިމާވޭ. އެހެންވީމާ، އިންސާފު ނުލިބިދަނީ.

އިންސާފު ގެއްލިފައިވާކަން ފާހަގަ ކުރަމުން ރާއީ ބުނެފައިވެއެވެ.

މީގެ އިތުރުން ރާއީ މިރޭ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އެއްސަރަހައްދަކަށް ފޯކަސްކޮށްގެން ކަން ކުރެވިގެން ދާއިރު، ބައެއް ރަށްތަކުގައި ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ކަންކަން ވެސް ނުކުރެވި އުންމީދެއް ގައި ބޭތިއްބުން ނިމުމަކަށް އަންނަން ޖެހޭކަމަށެވެ.

އެއީވެސް ހަމަ ހަމަ ކަމާއި އިންސާފު ލިބި ދޭން ޖެހޭ ކަން ކަން، ދާއިރާ ތަކުގެ ހައްޤު މިންވަރު ކަށަވަރު ވާން ޖެހޭ

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު ރަށްވެހި ފަތިސްގެ ޕޯސްޓަރެއް ހިއްޕަވަނިކޮން ނަންގަވާފައިވާ ފޮޓޯއަކާއި މިއަހަރުގެ ބަޖެޓުގެ ފޮޓޯއެއް ޖައްސަވާ ރާޢީ ކުރެއްވި ޓޫވިޓުގައި ބުނެފައިވެއެވެ.