ކައުންސިލް އިދާރާތައް ހިންގަންވާނީ ހަމައެކަނި ވަޒީފާއެއް އަދާކުރުމުގެ ގޮތުގައެއް ނޫން: ރައީސް
މިއަދު ހުވާކުރެއްވި ކައުންސިލަރުން، އެ ކައުންސިލެއް ނިސްބަތްވެ ވަޑައިގަންނަވާ ކައުންސިލް އިދާރާތައް ހިންގަންވާނީ ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން އިޤރާރުވުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ގެ ޚިޠާބުގައި ވަނީ މީގެ ކުރިން މަރުކަޒީ...