ބިހުރޯޒް މިސްކިތް ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވެއްޖެ އެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ ބިހުރޯޒް މިސްކިތް ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން އެތަން އެމްއެންޑީއެފުން ބަލައި ފާސްކޮށް، ކްލިއަރކޮށްފައިވާކަމަށެވެ.
މިތަން ބަލައި ފާސްކުރުމުގައި އެތަނުން ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައިނުވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
MNDF have attended to and cleared the Bihuroaz Mosque after receiving reports of a suspicious object with assistance from @PoliceMv. No threats have been detected. pic.twitter.com/y925Hjvouc
— Maldives National Defence Force (@MNDF_Official) May 10, 2021
ސިފައިން އެސަރަހައްދުބަލާ ފާސްކުރަންފެށީ މިރޭ 12:00 ގައެވެ.
ސިފައިންނާއި ފުލުހުން މިފަދަ އޮޕަރޭޝަނެއް ހިންގާފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ވަނީ ނުރައްކާތެރި ހަމަލާއެއް ދީފައެވެ.
އެ ހަމަލާއަށްފަހު، ސިފައިންނާއި ފުލުހުންގެ އެލާޓް ލެވެލް ވަނީ އެންމެ މައްޗަށް ޖައްސައި، މާލެ ތެރެ ބެލެހެއްޓުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!