Skip to main content

އަލީ އާދިލް

Editor
🇲🇻 ތިލަދުން Desk
3,342 Stories
1,647 Reads

Published on ތިލަދުން (Thiladhun) by އަލީ އާދިލް

ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހޯދަމުންދިޔަ މީހާ ހުޅުމާލެއިން ހައްޔަރުކޮށްފި
Raajje

ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހޯދަމުންދިޔަ މީހާ ހުޅުމާލެއިން ހައްޔަރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ހުޅުމާލެ އިން ހައްޔަރުކޮށްފި އެވެ. 2021 މެއި 06 ވަނަ ދުވަހުގެ ރޭ މާލެ، ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމީހާ ހޯދަމަށް ފުލުހުން އާންމުންގެ އެހީއަށް އެދިފައިވަނީ އިއްޔެ އެވެ. ފުލުހުން އެންމެ ބޮޑަށް ހޯދަން ބޭނުންވި ކަމަށް ބުނާ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފުލެޓެއްގައި ހުއްޓަކަމަށް މަޢުލޫމާތުލިބެއެވެ. ފަތިހުން ފެށިގެން […]

ގައިޑްލައިނާ ހިލާފުވެ މަގުމަތީގައި އުޅޭތީ ބެންގަލޫރު އެފްސީ ވަގުތުން ފުރަން އަންގައިފި
Sports

ގައިޑްލައިނާ ހިލާފުވެ މަގުމަތީގައި އުޅޭތީ ބެންގަލޫރު އެފްސީ ވަގުތުން ފުރަން އަންގައިފި

މިމަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕުގެ ކޮލިފިކޭޝަން ބުރުގެ ޕްލޭއޮފް މެޗުގައި ކްލަބް އީގަލްސް އާއި ދެކޮޅަށް ކުޅުމަށް ރާއްޖެ އައިސްފައިވާ އިންޑިއާގެ ބެންގަލޫރު އެފްސީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) ގެ ގައިޑްލައިނާ ހިލާފުވެފައިވާތީ ރާއްޖެއިން ފޮނުވާލަން ނިންމައިފިއެވެ. މިގޮތައް ނިންމާފައިވާކަން ހާމަކޮށްފައިވަނީ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައެވެ. މަޙްލޫފު ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ އެޓީމުން ހިލާފުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ރާއްޖެ ދޫކޮށް އެޓ...

ހަމަލާދޭ ވީޑިއޯ ދައްކައި، ހައްޔަރުކުރި ދެ މީހުންގެ ފޮޓޯ އާންމުކޮށްފި
Raajje

ހަމަލާދޭ ވީޑިއޯ ދައްކައި، ހައްޔަރުކުރި ދެ މީހުންގެ ފޮޓޯ އާންމުކޮށްފި

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާގެ ވީޑިއޯ ދައްކައި އެ ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ފޮޓޯ އާންމުކޮށްފިއެވެ. ހަމަލާދޭ ވީޑިއޯ އިން ފެންނަ ގޮތުގައި ޑިވައިސް ގޮއްވާލަނީ ރައީސް ނަޝީދު ހިންގަވާފައި ވަޑައިގެން، އެ ޑިވައިސްއާއި އަރާ ހަމަވުމުންނެވެ. އެ ގޮވުމުން އުފެދުނު ދުމުގެ ސަބަބުން ރައީސް ނަޝީދު ނުވެސް ފެނެއެވެ. އެ ޑިވައިސް ގޮއްވާލިކަމަށް ތުހުމަތު ކުރެވޭ މީހެއްގެ […]

ރޭގެ ހަމަލާގައި އެމްއެންޑީއެފްގެ އެއްވެސް އަތެއްވާކަމަށް ގަބޫލެއް ނުކުރަން: ޝަމާލް
Raajje

ރޭގެ ހަމަލާގައި އެމްއެންޑީއެފްގެ އެއްވެސް އަތެއްވާކަމަށް ގަބޫލެއް ނުކުރަން: ޝަމާލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭގެވަގުތެއްގައި ދީފައިވާ ހަމަލާގައި މޯލްޑިވްސް ޑިފެންސް ފޯރސް (އެމްއެންޑީއެފް)ގެ އެއްވެސް އަތެއްވާ ކަމަށް ގަބޫލެއް ނުކުރައްވާކަމަށާއި އަދި ތަހުގީގުގައި ވެސް އެމްއެންޑީއެފުން ދަނީ އެހީތެރިވެދެމުންކަމަށް ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅެއްޖެއެވެ. ސަމާލް މިހެންވިދާޅުވީ މިރޭ ގައުމީ ދިފާއީބާރުން ބޭއްްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކުކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނޫސް ވެރިންގެ ބައްދަލުވުމު...

ރައީސް ނަޝީދުގެ ސާޖަރީތައް ކާމިޔާބު: އޭޑީކޭ
Raajje

ރައީސް ނަޝީދުގެ ސާޖަރީތައް ކާމިޔާބު: އޭޑީކޭ

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާގައި، އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު އަނިޔާތަކާ ގުޅިގެން މިހާތަނަށް ކުރެވުނު ސާޖަރީތައް ކާމިޔާބު ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ. އެ ހޮސްޕިޓަލުން ބުނީ، ސާޖަރީތައް ކާމިޔާބު ނަމަވެސް އަދި އަދިވެސް މުހިއްމު އެއް ޕްރޮސީޖަރ ހަދަންޖެހޭކަމަށެވެ. ނަމަވެސް އެ ސާޖަރީތަކުގެ ތަފްސީލެއް އެ ހޮސްޕިޓަލުން އަދި ހާމައެއް ނުކުރަށްވަ އެވެ. ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް […]

ރޭގެ ހަމަލާއަކީ ރައީސް ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއް: ފުލުހުން
Raajje

ރޭގެ ހަމަލާއަކީ ރައީސް ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއް: ފުލުހުން

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއަކީ، އެމަނިކުފާނަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ. ފުލުހުން މިހެން ވިދާޅުވީ، ރޭ މާލޭ ސިޓިގެ ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި، ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއާ ގުޅޭގޮތުން ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެ ހަމަލާ އެންމެ ބޮޑު އިސްކަމެއްދީގެން ތަހުގީގުކުރަމުން ގެންދަވާކަން ހާމަކޮށް ފުލުހުން ވިދާޅުވީ، ތަހުގީގު ދާއިރާއިންނާއި ފޮރެންސިކްސްގެ ތ...

އެލާޓް ސްޓޭޓަސް މަތިކޮށް، ހާއްސަ އިސްކަމެއްދީގެން ތަހުގީގުގެ މަސައްކަތް ފަށައިފި
Raajje

އެލާޓް ސްޓޭޓަސް މަތިކޮށް، ހާއްސަ އިސްކަމެއްދީގެން ތަހުގީގުގެ މަސައްކަތް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ސިފައިންގެ އެލާޓް ލެވެލް މަތިކޮށްފިއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ، އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ސެކިއުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް މަތިކޮށްފައިވާ ކަމަށެވެ. އެމްއެންޑީއެފްގެ އެލާޓް ލެވެލް މަތިކޮށްފައިވާ އިރު، މިރޭގެ ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނޭޝަނަލް ސ...

ޑރ. މައުރޫފްގެ އިލްތިމާސެއް: ހުރިހާކަމެއްގައި އިންޑިއާއަށް ބަރޯސާވުނުވެ، ހާރިޖީ މިސްރާބު ބަދަލުކޮށްދީ!
Raajje

ޑރ. މައުރޫފްގެ އިލްތިމާސެއް: ހުރިހާކަމެއްގައި އިންޑިއާއަށް ބަރޯސާވުނުވެ، ހާރިޖީ މިސްރާބު ބަދަލުކޮށްދީ!

ހުރިހާކަމެއްގައި އިންޑިއާއަށް ބަރޯސާވުމުގެ ސިޔާސަތު ދޫކޮށްލައި، ހާރިޖީ މިސްރާބު ބަދަލުކޮށްދިނުމަށް އެދި އަދާލަތު ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި މަޝްހޫރު އީއެންޓީ ޑަކްޓަރު، ޑރ. މައުރޫފް ޙުސައިން އިލްތިމާސެއް ކުރަށްވައި ފިއެވެ. ރާއްޖޭގައި ކޯވިޑްގެ ހާލަތު ވަރަށް ގޯސްވެފައިވަނިކޮށް ޑރ. މައުރޫފް މިމޭރުމުން ވިދާޅުވީ މީސް މީޑިއާ މެދުވެރިކުރަށްވައި، ކުރެއްވި ޓުވީޓެއްގައާއި، ކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ. ޑރ. މައުރޫފް ވިދާޅުވީ، ހުރިހާ ކަމެއްގައި އިންޑިޔާއަށް ބަރޯސާ ވުމުގެ ސިޔާސަތު ދޫކޮށްލަން އެދިލަ...

ރައްޔިތުން އެކަނި "ފަރުދީ ޒިންމާ" އަދާކޮށްގެން ހައްލުވާ މިންވަރަށްވުރެ ކޯވިޑްގެ ހާލަތު މިވަނީ ގޯސްވެފައި: މުޢިއްޒު
Raajje

ރައްޔިތުން އެކަނި "ފަރުދީ ޒިންމާ" އަދާކޮށްގެން ހައްލުވާ މިންވަރަށްވުރެ ކޯވިޑްގެ ހާލަތު މިވަނީ ގޯސްވެފައި: މުޢިއްޒު

ރައްޔިތުން އެކަނި “ފަރުދީ ޒިންމާ” އަދާކޮށްގެން ހައްލުވާ މިންވަރަށްވުރެ ރާއްޖޭގައި، ވަކިން ޚާއްސަކޮށް މާލޭގައި ކޯވިޑްގެ ހާލަތު މިވަނީ ގޯސްވެފައި ކަމަށް މާލޭ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވީ، ރާއްޖޭގެ ކޯވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ކުރެއްވި ޓްވީޓެއްގަ އެވެ. ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި، ވަކިން ޚާއްސަކޮށް މާލޭގައި، ކޯވިޑްގެ ހާލަތު މިވަނީ ރައްޔިތުންގެ “ފަރުދީ ޒިންމާ” އަދާކުރުމަކުން އެކަނި ޙައްލުވާ މިންވަރ...

ފިޝަރީޒް މިނިސްޓަރުކަމުގައި ހުންނެވި ޒަހާ، ރައީސް އޮފީހަށް ބަދަލުކޮށްފި
Raajje

ފިޝަރީޒް މިނިސްޓަރުކަމުގައި ހުންނެވި ޒަހާ، ރައީސް އޮފީހަށް ބަދަލުކޮށްފި

ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރުކަމުން ޒަހާ ވަހީދު ވަކިކޮށް ރައީސް އޮފީހުގެ މިނިސްޓަރުކަމަށް ބަދަލުކުރައްވައިފި އެވެ. އިތުބާރު ހުރި މަސްދަރަކުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި ގޮތުގައި މިރޭ 12:00 ގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވަނީ ޒަހާއަށް ގުޅުއްވައި މިނިސްޓަރުކަމުން ވަކިކުރެއްވިކަން އަންގަވާފަ އެވެ. އަދި ފިޝަރީޒް މިނިސްޓަރުކަމުން ވަކި ކުރެއްވުމަށްފަހު ރައީސް އޮފީހުގެ މަގާމަކަށް ބަދަލުކުރެއްވިކަން ވެސް އަލީ ޒާހިރު ޒަހާ އަށް އަންގަވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ފ...

މައުމޫނަށް މަހަކު 3 ލައްކަ، ނަޝީދަށް 248،125 ރުފިޔާ!
Raajje

މައުމޫނަށް މަހަކު 3 ލައްކަ، ނަޝީދަށް 248،125 ރުފިޔާ!

ދައުލަތުން ކުރީގެ ރައީސުންނަށް ދެއްވާ މުސާރައާއި، މާލީ އިނާޔަތުގެ ގޮތުގައި ކުރީގެ ތިން ރައީސަކަށް ހޭދަކުރަށްވާ މިންވަރު ސޯސަލްމީޑިއާގައި ހާމަކުރުމުން ގިނަބައެއްގެ ސަމާލުކަން އެކަން އައިސްފިއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެކި އިދާރާތަކުން އެތައް މައުލޫމާތެއް ހޯދަން ހުށަހަޅައި އަދި މިހާތަނަށް ގިނަ މައުލޫމާތުތަކެއް ހޯދާފައިވާ އައިމަން ލަތީފް އޭނާގެ ޓްވީޓާގައި ހާމަކުރަށްވާފައިވާ ގޮތުން ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމަށް މަހެއްގެ މައްޗަށް މާލީ އިނާޔަތުގެ ގޮތުގައި 75 ހާސް...

ފެންނަނީ 7 ނޫނީ 8 އަހަރު ވަންދެން އެންޑީއޭ ވެންޓިލޭޓަރުގައި އޮތްތަން: ޔާސިރު
Parliament

ފެންނަނީ 7 ނޫނީ 8 އަހަރު ވަންދެން އެންޑީއޭ ވެންޓިލޭޓަރުގައި އޮތްތަން: ޔާސިރު

ފެނިގެން ދަނީ 7 ނޫނީ 8 އަހަރު ވަންދެން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ވެންޓިލޭޓަރުގައި އޮތްތަން ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. މެންބަރު ޔާސިރު މިހެން ވިދާޅުވީ، އިއްޔެ ކުރިއަށް ދިޔަ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާގައި “ނޭޝަނަލް ޑްރަގް އޭޖެންސީގެ ޤާނޫނީ ޒިންމާ އަދާކުރަމުންނުދާކަމަށް ބަޔާންކޮށް ހުށަހަޅުއްވާފައިވާ މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު”އަށް ބަހުސް ކުރަށްވަމުންނެވ...

ގަރާޖު ސިޓީއަކީ ދައުލަތައް އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް ހިނގާ ވަގު މުޢާމަލާތެއް: ޝާހިދު
Parliament

ގަރާޖު ސިޓީއަކީ ދައުލަތައް އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް ހިނގާ ވަގު މުޢާމަލާތެއް: ޝާހިދު

ގަރާޖު ސިޓީއަކީ ދައުލަތައް އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށް ހިނގާ ވަގު މުޢާމަލާތެއްކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ، ގަރާޖެއް ނެތި ހަތަރުފުރޮޅުލީ އެއްގަމު އުޅަނދު ރެޖިސްޓްރީ ކޮށްދޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ނިންމި ނިންމު ތާއީދު ކުރަށްވާ، އެ އިސްލާޙް ގެނެސްފައިވާ ކޮމެޓީ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލް، މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ...

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެވޭނެ ހުރިހާ މަގެއް ވަނީ ހޯދަން ޖެހިފައި: ވަޙީދު
Parliament

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެވޭނެ ހުރިހާ މަގެއް ވަނީ ހޯދަން ޖެހިފައި: ވަޙީދު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެވޭނެ ހުރިހާ މަގެއް ވަނީ ހޯދަން ޖެހިފައިކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަޙީދު ވިދާޅުވެއްޖެއެވެ. މެންބަރު ވަޙީދު މިހެން ވިދާޅުވީ، މިއަދު އޮތް ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޛަރީރު ހުށަހަޅުއްވާފައިވާ “ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު”އަށް ބަހުސް ކުރަށްވަމުންނެވެ. ވަޙީދު ވިދާޅުވީ، ކުދިއަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގިނަގުނަ މައްސަލަތައް ފާހަގަވެގެން ދާކަމަށާއި، ހަމަ އ...

އަގަށް އެސައިންމަންޓް ހަދައިދޭނަމަ 10 ހާސް ރުފިޔާގެ ޖޫރިމަނާއެއް!
Parliament

އަގަށް އެސައިންމަންޓް ހަދައިދޭނަމަ 10 ހާސް ރުފިޔާގެ ޖޫރިމަނާއެއް!

މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު އެ ދަރިވަރު ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން މީހެއް ލައްވައި އަގު ދީގެން ނުވަތަ އަގު ނުދީވިޔަސް ކުރުވުމަކީ ކުށަކަށް ހަދައި، މަތީ ތައުލީމުގެ ބިލް އިސްލާހުކޮށް މިއަދު ފާސްކޮށްފި އެވެ. މިއަދުއޮތް މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 36 ވަނަ ޖަލްސާގައި އެ ބިލް ފާސްކުރީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލްގައިވާ ގޮތުން އަމިއްލައަަށް އަގު ހުށަހަޅައިގެން […]