ޚިޔާނާތުގެ ލިސްޓުގައި ނަން ހިމެނީ އިދިކޮޅު މުޒާހަރާއަށް ދާތީ: ލަޠީފް

MP Latheef

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ލިސްޓުގައި އޭނާގެ ނަން ހިމެނީ އިދިކޮޅު މުޒާހަރާއަށް ދާތީކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީ ގެ ޖޮއިންޓް ކޮމިޓީއެއް އެކުލަވާލައި އެމްއެމްޕީއާރުސީގެ މައްސަލަ ބަލައި އެ ކޮމިޓީއިން އިއްޔެ ވަނީ ރިޕޯޓު ފާސްކޮށްފަ އެވެ. އެ ރިޕޯޓާއެކު ޚިޔާނާތުގެ ލިސްޓް ވެސް އިއްޔެ ވަނީ މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ.

އިދިކޮޅުގައި އިސް ސަފުގައި އުޅުއްވާ، މިހާރު ޕީޕީއެމް ކައުންސިލް މެންބަރަކަށް ހުންނެވި ލަތީފް ގެ ނަން އެ ލިސްޓްގައި އޮތެވެ. އެކަމަށް އިޝާރާތްކުރަށްވާ ލަތީފް މިއަދު ކުރެއްވި ޓްވީޓެއްގަ ވިދާޅުވީ، އޭނާގެ ނަން ލިސްޓްގައި ހިމަނާފަ ވަނީ މީހަކު ބުނިއެއްޗަކަށް ތެދެއްތޯ އަހާލުމެއްވެސް ނެތިކަމަށެވެ. ތިން އަހަރުވީއިރު އެއްވެސް ތަހުގީގެއްވެސް އޭނާގެ މައްޗަށް ހިންގާފަ ނުވާކަމަށް ލަތީފް ވިދާޅުވިއެވެ.

"މީހަކު ބުނިއެއްޗެއް، ތިން އަހަރުވީއިރު ވެސް ތެދެއްތޯ ބަލަން ސުވާލެއް، ތަހުގީގެއް ކުރުމެއްނެތި އަދި ގަޔާވާ މީހުންގެ ނަންތައް ލިސްޓުން އުނިކޮށް އިދިކޮޅު މުޒާހަރާގައި އުޅޭތީ ލިސްޓްގައި ނަންޖަހާ އާންމު ކުރުމަކީ އެމްޑީޕީގެ ހެޔޮވެރިކަންބާ؟" ލަތީފް ވިދާޅުވެފަ ވެއެވެ.

ލަޠީފަކީ ކުރީސަރުކާރުގެ ދުވަސްވަރު އެ ސަރުކާރު ހިންގި ޕީޕީއެމް ދޫކޮށްލެއްވުމަށްފަހު އޭރުގެ އިދިކޮޅު ހަރަކާތާއި ގުޅިވަޑައިގެން މިހާރު މިއޮތް ސަރުކާރު ގެންނަން ވެސް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އޭރު ހިނގާދިޔަ ސިޔާސީ ގަޑުބަޑުގައި ލަޠީފް ޖަލަށް ވެސް ލިޔެވެ. އޭނާ ނިސްބަތްވަނީ އެ ދުވަސްވަރު ގޮނޑިގެއްލުނު 12 މެންބަރުންގެ ތެރޭގަ އެވެ. ރައީސް ޔާމީން ސިޔާސީގޮތުން ބަލިވާންފެށީ ބާރަ މެންބަރުން ހިމެނޭހެން އިތުރު ބައެއް އެހެން މެންބަރުން އޭރުގެ އިދިކޮޅު ހަރަކާތާ ގުޅުމުންކަމަށް އޭރު ގިނަ ބަޔަކު ޤަބޫލު ކުރިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތު ލިސްޓް އާންމުކޮށްފަ ވާއިރު، އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވަނީ އެ ލިސްޓަކީ ހުކުމެއް ނޫން ކަމަށާއި، އެ ލިސްޓުގައި ހިމެނުނު އެންމެންނަކީ ކުށްވެރިން ނޫން ކަމަށް ވިދާޅުވެފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ސިޔާސީކިހާބަރުދަނެއްއެބަހުރިތޯ…
    އަމިށް ރަސުންވެސްނުހޮވުނުދެން ….
    ދެކޮންސިޔާސީޔެއްތޯ…..
    މުޒާހަރާއެބަކުރޭތޯ އޮފީސްދޮރުމަތީހަތަރުކެނަ އެއީމުޒާހަރާތަ …
    ދިވެހިންނަކީހުސްމޮޔާންކަމައްނަހައްދަވާ އަޅުގަޑަކީވެސްދިވެއްސެއް….
    ހުސްރުކުން ވެށްޓަުނުމީހާ އަހަށްނަކައްނޭގެ ލިސްޓުފެނުނީމާާ…
    ލިސްޓުނުބަލާ އެރުންނޭގޭނެނޫތޯ…..އަބުރުއެބައޮތްތޯ ….

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި