ކޯވިޑް-19ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެ މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު 100 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، މިމީހާ ނިޔަވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލައިގަ ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 04:41 ގައި ކަމަށެވެ. މިއީ ޅ. ހިންނަވަރަށް ނިސްބަތްވާ 56 އަހަރުގެ އަންހެނެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

Ad
rt

ކޯވިޑް ބަލީގައި މިވޭތުވެދިޔަ 48 ގަޢިރުގެ ތެރޭގައި ރާއްޖެއިންވަނީ 8 މީހަކު ނިޔާވެފައެވެ. އަދި ހުކުރު ދުވަހުއެކަނިވެސް 5 މީހަކު މިބަލީގައިވަނީ ނިޔާވެފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 100 މީހުން ނިޔާވެފައިވާއިރު މީގެތެރޭގައި ހިމެނެނީ 87 ދިވެހިންނާއި 13 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 15،958 ގައެވެ. އަދި މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 2262 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް 44،523 މީހަކު ވަނީ މިބަށްޔަށް ޕޮޒިޓިވްވެފަ އެވެ.

ކޯވިޑް-19ގައި ނުރައްކާ ބޮޑުވާ މީހުންގެ ތެރޭގައި ވެކްސިން ނުޖަހާ މީހުން ގިނަކަން އެޗްއީއޯސީއިން ފާހަގަކުރައްވައެވެ. އަދި ބައްޔަށް ހުށައެޅޭ މީހުންގެ ތެރޭގައި އުމުރުގެ ގޮތުން ޒުވާނުނަށް އައިސީޔޫގައި ފަރުވާ ކުރަމުން އަންނަ އިންސައްތަވެސް އިތުރުވެފައިވާކަމަށް އެޗްއީއޯސީއިން ފާހަގަކުރައްވައެވެ.