ދިވެހިރައްޔިތުންނަށް މުހުތާދު ޖެހިފައިވާ އަސާސީ ބޭނުންތަކުގެ ތެރެއިން ފެނާއި، ނަރުދަމާގެ ޚިދުމަތަކީ ވަރަށް މުހިންމު އަސާސީ ޚިދުމަތެކެވެ.

ރާއްޖެއަކީ ވަކި ރަށްތަކަކަށް ބެހިގެންވާ ޤައުމަކަށްވީ ހިނދު، އަތޮޅުތަކުގެ ގިނަ ރަށްތަކުގެ ރަށްޔިތުން ވަނީ ސާފު ފެނާއި، އެކަށޭނަ ނަރުދަމާގެ ޚިދުމަތުން މަރުހޫމްވެފަ އެވެ. އެ ރަށްޔިތުންގެ އުންމީދަށް ލިބިފައިވާ އެންމެބޮޑުއެއް ތަސައްލީއަކީ މިހާރުގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހްގެ ފެނާ، ނަރުދަމާގެ ރިޔާސީ ވަޢުދު ފުޅެވެ. އެމަނިކުފާނު ވަނީ މިއަދައުރު ނިމުމުގެ ކުރީން ރާއްޖޭ ހުރިހާ ރަށްޔިތުންނަށް ވެސް މިސަރުކާރުން ފެނާ، ނަރުދަމާ ކަށަވަރުކޮށްދެއްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންފައެވެ.

Ad
rt

އެ ވަޢުދާއި އެއްގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާރު މިނުގަ އެމަސައްކަތް އެބަ ހިނގައެވެ. އޭގެ ތެރެއިން އެއްދާއިރާއެއްގެ ހުރިހާ ރަށަކަށް އެޚިދުމަތު އުފާވެރިކަމުގެ އަލިކަން ފެންނަ އެއްދާއިރާއަކީ ހދ. އަތޮޅުގެ މަކުނުދޫ ދާއިރާއެވެ. އެ ދާއިރާގެ ރަށްތަކެވެ.

މަކުނުދޫދާއިރާގެ ތިން ރަށަށްވެސް ފެނާ ނަރުދަމާގެ އުފާވެރިކަން

މަކުނުދޫ

މަކުނުދޫދާއިރާގެ ތިންރަށަށް ބަލާއިރު، މަކުނުދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރަން ހަވާލުކުރީ މި މެއިމަހުގެ 6 ވަނަ ދުވަހުއެވެ.

އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް ރަޝީދު ކާރޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއިހަވާލުކޮށްފައިވާ މި މަޝްރޫޢުގެ އަގަކީ، 56،153،880.76 ރުފިޔާއެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 660 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫޢުތަކުގެ ދަށުން އެރަށުގައި، ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅައި، އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ހަދައި، ސީ އައުޓް ފޯލް އެޅައި، އިދާރީ އޮފީސް ޤާއިމްކޮށް އަދި ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދޭނެ އެވެ.

ކުމުންދޫ

ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު ފެށިފައެވެ.

މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި އެ މަޝްރޫޢު ހަވާލުކޮށްފައިވަނީ 22 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއަށް 102.17 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީލަފާކޮށްފައެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 14 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމުކޮށް، އާރުއޯ ފެސިލިޓީ ބިލްޑިންއެއްއިމާރާތް ކުރާނެއެވެ. އަދި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓު ބަހައްޓައި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބަހައްޓާނެއެވެ.

ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 10 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކެއް ޤާއިމްކޮށް، 2.4 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމުގެއިތުރުން ފަސް ޕަންޕިން ސްޓޭޝަނާއި ސީ އައުޓް ފޯލްއެއް ގާއިމްކުރާނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނުފޯރުކޮށްދޭނީ ވެސް އެމްޑަބްލިއުއެސްސީންނެވެ.

ނޭކުރެންދޫ

ނޭކުރެންދޫ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރަން މިއަދު ހަވާލުކުރީ މި މެއިމަހުގެ 6 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުތަކުގެ ދަށުން އެރަށުގައި، ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅައި، އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ހަދައި، ސީ އައުޓް ފޯލް އެޅައި، އިދާރީ އޮފީސް ޤާއިމްކޮށް އަދި ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދޭނެ އެވެ.

އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ޖޭވީ ވިތް ރަޝީދު ކާރޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއިހަވާލުކޮށްފައިވާ މި މަޝްރޫޢުގެ 660 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ. އަދި މަޝްރޫޢުގެ އަގަކީ 46،063،309.37 ރުފިޔާއެވެ.

ދާއިރާގެ މެންބަރުގެ ޝުކުރު ރައްޔިތުންނަށާއި ސަރުކާރަށް!

ދާއިރާގެ ރަށްތަކުގައި މި މަޝްރޫޢުތައް ހިންގުމުގެ ފަހަތުގައި ހުރި އެންމެ އިސް މޭސްތިރިއަކީ ދާއިރާގެ މެންބަރުގެ މުޙައްމަދު ރާޢީއެވެ.

މަކުނުދޫ އަދި ނޭކުރަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް، ޕްލޭނިންގް މިނިސްޓްރީއިން ކޮންޓްރެކްޓަރ އާއި ހަވާލު ކުރުމުން ރާޢީ ވިދާޅުވީ، މަކުނުދޫ ދާއިރާގެ ތިން ރަށުގެ ލޮބުވެތި ރައްޔިތުން ވޭތުވެދިޔަ ކޮންމެ ސަރުކާރަކަށްވެސް އަދި ދާއިރާ ތަމްސީލް ކުރެއްވި ކޮންމެ މެމްބަރަކު އަރިހުވެސް، އަބަދުމެ އެކަމަކަށް އެއްމެ ބޮޑަށް އެދެމުން ދިޔަ އަސާސީ ބޭނުންތައް ފުއްދައިދިނުމަށް ކަމަށެވެ.

"އިންޝާﷲ މިސަރުކާރަކީ ރައްޔިތުންގެ އަސާސީ ހިދުމަތް ތަށް ފުރިހަމަ ކޮށްދޭނެ އޯގަތެރި ސަރުކާރެއް" ރާޢީ ވިދާޅުވިއެވެ.

ރާޢީ ދަނީ މެދު ނުކެނޑި ތިން ރަށުގެ ވާހަކަ ވެސް ދަންނަވަމުންނެވެ. ވަކި ރަށެއް ތަފާތު ނުކުރަށްވައެވެ. މެންބަރު ރާޢީ ވިދާޅުވަނީ އޭނާގެ މަސައްކަތް އަދި އޮތީކަމަށެވެ. ދާއިރާއަށް އާރޯކަން ގެނައުމަށް، ރައްޔިތުންނަށްޓަކައި ފުކެއްވެސް ދޫނުކޮށް، އަޒުމްގައި ހުންނެވިކަމަށެވެ.

އޭނާގެ ހިތްވަރަކީ ރައްޔިތުންނެވެ. ރައްޔިތުން ދެއްވާ އެއްބާރުލުމެވެ. އޭނާގެ އުންމީދަކީ ސަރުކާރެވެ. ސަރުކާރުން ރައްޔިތުންނަށްޓަަކައި އެކަންކަމުގައި ހެޔޮނިޔަތްއޮވެމެ، ކަންކަން ކޮށްދެއްވަމުންދާތީއެވެ. ރާޢީގެ ހިފެހެއްޓުމެއްނެތް ޝުކުރު އޮތީވެސް ދާއިރާގެ ރަށްޔިތުންނަށާއި، ސަރުކާރަށެވެ.