ރާއްޖޭގައި ލޮޖިިސްޓިިކް މަސައްކަތްކުރާ ފަރާތްތަކާއި، ޝިޕިންގް ކުންފުނިތައް އަދި މުދާ އުފުލާ ދޯނިތަށް ތިބީ، އެފަރާތްތަށް ކުރަމުން ގެންދާ ވިޔަފާރި ތަކާއިމެދު ކަންބޮޑުވެ ގޮތް ހުސްވެފައިކަމަށް ވިދާޅުވެ، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

ރާޢީ މިކަންބޮޑުވުން ފާޅުކުރެއްވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އަތޮޅުތަކަށް ކޮންޓެއިނާ ފެރީ ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް ބުނުމުންނެވެ.

Ad
rt

އެމްޕީއެލްއާއި ހަވާލާދީ އޮންލައިން ނޫހަކުން ވަނީ، އަންނަ ޖޫން މަހުން ފެށިގެން އެކުންފުނިން އަތޮޅުތަކަށް ކޮންޓެއިނާ ފެރީ ހިދުމަތް ފެށުމަށް ނިންމާފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.

އެ ޚަބަރުގެ ސްކްރީން ޝޮޓެއް ޓްވީޓާގައި ހިއްސާކުރަމުން ރާޢީ ވަނީ އެކަމާމެދު ރާއްޖޭގައި ލޮޖިިސްޓިިކް މަސައްކަތްކުރާ ފަރާތްތަކާއި، ޝިޕިންގް ކުންފުނިތައް އަދި މުދާ އުފުލާ ދޯނިތަކުން އޮތް ކަންބޮޑުވުން ފާޅުކުރަށްވާ ސުވާލެއް އުފަށްދަވާފަ އެވެ.

"ރާއްޖޭގެ ލޮޖިިސްޓިިކް، ޝިޕިންގް ކޮންޕެނީ އަދި މުދާ އުފުލާ ދޯނިތަށް ތިބީ، އެފަރާތް ތަށް ކުރަމުން ގެންދާ ވިޔަފާރީ ތަކާއި މެދު ކަންބޮޑުވެ ގޮތް ހުސްވެފައި، އެސްޓީއޯގެ ބޯޓް ދުއްވާފައި ދެން ލޯކަލް ލޮޖިސްޓިކް ތެރެއަށް އެމްޕީއެލްއިން ވަނީމަ ދެން ކިހިނެއްތޯ ހަދާނީ؟" ރާޢީ ސުވާލު ކުރެއްވިއެވެ.

ރާޢީ މިކަންބޮޑުވުން ފާޅުކުރަށްވާފައިވާއިރު، އެމްޕީއެލްއިން އަންނަ ޖޫންމަހު ފަށަން ނިންމާފައިވާ މި ޚިދުމަތް ފަށާއިރު ކޮންޓެއިނާ އުފަލަން ހަމަޖައްސާފައިވަނީ އަައްޑޫ ސިޓީގެ ހިތަދޫ ޕޯޓަށާއި ކުޅުދުއްފުށީ ސިޓީގެ ޕޯޓަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި އެ ކުންފުނިން ކޮންޓެއިނާ ފެރީގެ ހިދުމަތް ދޭން ނިންމާފައިވަނީ ޝެޑިއުލް ކޮށްގެން ފޯރުކޮށްދޭ ހިދުމަތެއްގެ ގޮތުގަ އެވެ.