ޕެންޝަންގެ ހައްގު ފުރިހަމައަށް ދިނުމަށް ގޮވާލާ ހުށަހެޅި މައްސަލައަށް ތާއިދު ނުކުރުމަކީ ޚިދުމަތުގެ އަގުވަޒަން ނުކުރުން: ރިޔާޟް
ރާއްޖޭގައި ރިޓަޔަމަންޓް ޕެންޝަން ސްކީމް ދެމުން އަންނަ ގޮތް އިންސާފުވެރި ނޫން ކަމަށް ބުނެ، ޕެންޝަން ގާނޫނުން ކަށަވަރު ކޮށްދީފައިވާ ހައްގުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ގޮވާލައި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް މަޖިލީހަށް ހުށަހެޅި މައްސަލައަށް އެމްޑީޕީއިން ތާއީދު ނުކުރުމަކީ، ގައުމަށް ދިގުމުއްދަތެއްގައި ޚިދުމަތްކޮށް ދެއްވި ބޭބޭފުޅުންގެ ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަން ނުކުރެއްވުންް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޕާލިމަންޓްރީ ގުރޫޕު ލީޑަރު...