ބޮޑުތިލަދުންމަތީގައި ކްރޫޒް ޓޫރިޒަމް ފެށޭތޯ ދަނީ މަސައްކަތްކުރަމުން: މައުސޫމް
އަންނަ 2023 ވަނަ އަހަރު ބޮޑުތިލަދުންމަތީގައި ކްރޫޒް ޓޫރިޒަމް ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ. ޢަބުދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. ވަޒީރު މައުސޫމް މިހެން ވިދާޅުވީ، މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ) ވަނީ ރާއްޖެއަކީ ރީތި ޓޫރިޒަމް މަންޒިލަކަށްވީއިރު، ރާއްޖޭގެ އިޤްތިޞާދު އެނ...