ސައޫދީން ހަދިޔާކުރި 25,000 ޕެކެޓް ކަދުރު ބަހަން ފަށައިފި

kadhuru

ސައުދީ އަރަބިއްޔާއިން މިއަހަރު ރާއްޖެއަށް ހަދިޔާ ކުރި 50 ޓަނު ކަދުރު ބަހަން ފަށައިފިއެވެ.

ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ރޯދަމަހާއި ދިމާކޮށް ދިވެހި ރައްޔިތުންނަށް ކަދުރު ހަދިޔާ ކުރަމުންދެއެވެ. ނަމަވެސް މިއަހަރުގެ ކަދުރު ލިބިފައި ވަނީ ރޯދަ މަސް ނިމުނު ފަހުންނެވެ.

އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރި ކަދުރު ބެހުމާބެހޭގުޅޭ ގޮތުން މިއަދު އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މި އަހަރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވާފައިވާ 50 ޓަނު (25,000 ޕެކެޓް) ކަދުރު އެ މިނިސްޓްރީއަށް ވަނީ ލިބިފައެވެ.

އެ މިނިސްޓްރީން ވިދާޅުވި ގޮތުގައު މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީއާއި، ކުޅުދުއްފުށި ސިޓީ އަދި އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބަހާނީ، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޟިރުވާ ތަރުތީބުންނެވެ. އަދި މި އަހަރު އެ މިނިސްޓްރީގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ކަދުރު ދޭ އުޞޫލުންނެވެ.

ފަޤީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކުދުރު ބަލާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުޞޫލުން ކަމަށާއި، އެގޮތުންވެސް ކޮންމެ ގޭބިސީއަކަށް ބަހާނީ 1 ޕަކެޓް ކަދުރުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ، ސަޢޫދީ ޢަރަބިއްޔާއިން މިއަހަރު ލިބުނު، ކަދުރު ފަޤީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރު ކަމަށެވެ. އަދި ގޭބިސީތަކަށް ކަދުރު ބަހާނީ، ކަދުރާ
ޙަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުކަމަށާއި، މިގޮތުން، ކަދުރު ބެހުމުގައި ފަޤީރުންނަށް އިސްކަން ދީގެން ކަދުރު ޙަވާލުކުރެއްވުމަށް އެ މިނިސްޓްރީން ވަނީ ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގެންފައެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒު މެދުވެރިކޮށް އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްރަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހަން ނިންމާފައި ވަނީ އަތޮޅު ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ކަދުރު ޙަވާލުވުމަށް ކައުންސިލްތަކުންނާއި، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުން ސަރުކާރު ރަސްމީ ދުވަސްތަކުގައި ހެނދުނު 08:45 އިން 14:00 އަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ވަޑައިގެންނެވުމަށް އެދިފައެވެ.

އިސްލާމިކް މިނިސްޓްރީން ކަދުރު ބަހަން ނިންމާފައި ވަނީ 2012 މެއި 16 ވާ ހޯމަ ދުވަހުން ފެށިގެން 2022 މެއި 31 ވާ އަންގާރަ ދުވަހުގެ 15:00 އާއި ހަމައަށެވެ. އެހެންކަމުން މި މުއްދަތުގެ ތެރޭގައި ކަދުރު ޙަވާލުވުމަށް އެ މިނިސްޓްރީން މިއަދު ވަނީ ޢާންމުކޮށް އަންގައި އިޢުލާނު ކުރަށްވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *