އެމްޑީޕީގެ ޗެއަރޕާސަންކަމަށް ވާދަކުރައްވާ ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލަށް، ނާކާމިޔާބުވި ކެނޑިޑޭޓު އިމްތިޔާޒް ފަހުމީ މަރުޙަބާ ދަންނަވައިފި އެވެ.
އިންތިޚާބަށްފަހު އިމްތިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިމިދިޔަ އިންތިޚާބުގައި އެމަނިކުފާނާއެކު މަސައްކަތްކޮށް ވޯޓުދެއްވި އެންމެހާ މެމްބަރުންނަށް ހިތުގެ ފުނުން ޝުކުރުވެރިވާކަމަށެވެ. އަދި މިވީހާ ދުވަހު ނަގަހައްޓަމުން އައި ހަމަތަކާ އަސާސްތަކުގައި އެމްޑީޕީއާއެކު ދެގޮތެއްނުވެ، އަބަދުވެސް ދެމިހުންނަވާނެކަމަށް ވިދާޅުވިއެވެ.
އިމްތިޔާޒުގެ ވާހަކަފުޅުތަކަށް ޝުކުރު ދަންނަވަމުން މިނިސްޓަރ ފައްޔާޟް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ވާދަވެރި ސިޔާސީ ހަރަކާތުން އެނގޭ އެކައްޗަކީ އެމްޑީޕީ ސިޔާސީ ގޮތުން ފައްކާވެފައި އޮތް މިންވަރުކަމަށެވެ. އަދި އިންތިހާބަށް ފަހުގައި ތިބޭނީ އެއްކަށްކަމަށާއި، ޕާޓީ ދާނީ އެކީއެކަށް ކުރިއަށްކަމަށްވެސް ފައްޔާޟް ވިދާޅުވިއެވެ.
ޝުކުރިއްޔާ އިންތި. ވާދަވެރި މި ސިޔާސީ ހަރަކާތުން އެނގޭ އެކައްޗަކީ އެމްޑީޕީ ސިޔާސީ ގޮތުން ފައްކާވެފައި އޮތް މިންވަރު. އަޅުގަނޑުގެ ވާދަވެރި ކެނޑިޑޭޓު ކަމުގައި ވިޔަސް، ކުރިންވެެސް ދެންނެވި ފަދައިން އަޅުގަނޑުމެން އިންތިހާބަށް ފަހުގައި ތިބޭނީ އެއްކޮށް. މިޕާޓީ ދާނީ އެކީ އެކަށް ކުރިއަށް https://t.co/Jkgn6Ll6zx
— Fayyaz Ismail (@faya_i) May 15, 2022
އިއްޔެ މުޅި ރާއްޖޭގައި ކުރިއަށްދިޔަ އެއިންތިޚާބު އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ކާމިޔާބުކުރެއްވީ 58 އިންސައްތަ ވޯޓް ހޯއްދަވައިގެންނެވެ. އިމްތިޔާޒް ފަހްމީއަށް ލިބިވަޑައިގަތީ 42 އިންސަައްތަ ވޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!