ނިމި ދިޔަ އެމްޑީޕީގެ އިންތިހާބުން ދޭހަވާ ކަންތައްތައް ރައްޔިތުންގެ މަޖިލިސްގެ ކެލާ ދާއިރާގެ މެމްބަރު އިބްރާޙީމް ޝަރީފް (ކެލާ އިބުރޭ) ކިޔައިދެއްވައިފި އެވެ.
އިބުރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ ރައްޔިތުންގެ މަޖްލިސް އިންތިހާބަށްފަހު މިސަރުކާރަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީކަމަށާއި ކޯވިޑް19ގެ ދަތި އުނދަގޫ ތަކާ އަދި މިޑް ޓާމް ތެރޭ އޮތް ސަރުކާރަކާ ބަލާ މިލިބުނު ކާމިޔާބީއަކީ ފާހަގަ ކޮށްލެވޭ ބޮޑު ކާމިޔާބީއެއްކަމުގަ އެވެ.
މިއީ، މިސަރުކާރު ވަކިން ހާއްސަކޮށް ޕާޓީގެ މެންބަރުން ބޮޑުކޮށް ބަލައިގަންނަ ކަމުގެ ހެއްކެއްކަމަށާއި، މިސަރުކާރަށް އަތޮޅުތެރޭގައި އޮތް ތަރުހީބު ބޮޑުކަން ހާމަ ވެއްޖެކަމަށެވެ.
"މިސަރުކާރުން ގެންނަ ތަރައްޤީ ޕާޓީގެ މެންބަރުން ބަލައި ގަންނަކަން ހާމަވޭ،"
އިބުރޭ ވިދާޅުވެފައިވެއެވެ.
މިސަރުކާރު ވަކިން ހާއްސަކޮށް ޕާޓީގެ މެންބަރުން ބޮޑުކޮށް ބަލައިގަންނަ ކަމުގެ ހެއްކެއް
- މިސަރުކާރަށް އަތޮޅުތެރޭގައި އޮތް ތަރުހީބު ބޮޑުކަން ހާމަ ވެއްޖެ. މިސަރުކާރުން ގެންނަ ތަރައްޤީ ޕާޓީގެ މެންބަރުން ބަލައި ގަންނަކަން މިއިންތިހާބުން ހާމަވޭ— Ibrahim Shareef (kelaa dhaaira MP) (@kelaaibrey) May 16, 2022
ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އޮތް ތާއިދު އަތޮޅު ތެރޭގައި ވަރަށް ބޮޑުތަނުން ވެސް ބޮޑުކަމަށާއި، މެންބަރުން ބޭނުން ވަނީ ޕާޓީގެ ވެރިކަން ދަމަހައްޓަން ކަން ހާމަވާކަން މިކެންޕެއިންގައި އިސްކޮން އުޅުނު ފަރާތްތަކުން ފާހަގަ ކުރެ އެވެ.
މިބޮޑު ކާމިޔާބީ ހޯދުމުގައި އެންމެ ފާހަގަ ކޮށްލެވޭ އެކައްޗަކީ ކުރީގެ ނުފޫޒު ގަދަ ސަރުކާރުގެ މަތީ ބެބޭފުޅުން، އެޑްވައިޒަރުން، ރައީސް އޮފީހުގެ މިނިސްޓަރުން ބައެެއް ކެބިނެޓް ވަޒީރުން އަދި ކުންފުނި ތަކުގައި ތިއްބެވި ވެރިން އިދިކޮޅުގައި ތިބެ މިހާ ބޮޑު ނަތީޖާ އެއް ހޯދުންކަމަށާއި ހާމަވީ ރައީސް ސާލިހަށް ޕާޓީގެ މެންބަރުންގެ އޮތް ތާއީދުކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
މިފަހަރު ބަދަލު ކޮށްލެބުވުނު ބޮޑެތި އަތޮޅުތަކުގެތެރޭގައި، ބޮޑު ތިލަދުންމަތި ބ، ނ، މ ،ފ ދ އަތޮޅު އަދި އައްޑޫ ސިޓީ ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!