ހއ. ދިއްދޫ ކައުންސިލް ރައީސްގެ ގޮތުގައި ހޭދަކުރި ފުރަތަމަ އެއް އަހަރު ދުވަހަކީ ވަރަށް ބޮޑެތި އުދަގޫތަކާ ގޮންޖެހުން ތަކާ ކުރިމަތި ލާންޖެހުނު އަހަރެއް ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދު ﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކަށް ލިބިދޭ ބާރާއެކު އާ ކައުންސިލްތަކުގެ މެންބަރުން ހުވާކޮށް މަގާމާއި ހަވާލުވިތާ މިއަދަކީ އެއް އަހަރު ފުރޭ ދުވަހެވެ.

Ad
rt

ދިއްދޫ ކައުންސިލް ރައީސް އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިއަދުގެ މުނާސަބާގައި ރާއްޖޭގެ އެންމެހާ ކައުންސިލަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ.

އެ ޕޯސްޓްގައި ރަޝީދު ވިދާޅުވީ، ނިމިދިޔަ އެއް އަހަރުދުވަހަކީ އޭނާއަށް ވަރަށް ބޮޑެތި އުދަގޫތަކާ ގޮންޖެހުން ތަކާ ކުރިމަތި ލާންޖެހުނު އަހަރެއް ކަމަށެވެ.

"ކިތައްމެ ބޮޑު އުދަގުލެއް ކުރިމަތި ކުރުވިކަމުގަވިޔަސް އަދި އަޅުގަނޑު އަތުގައި މެޖޯރިޓީ ނެއްކަމުގައި ވިޔަސް ރައްޔިތުންގެ ހައްގުގަ ބަސްބުނުމުގައު ފަހަތަކަށް ނުޖެހޭނަން" ރަޝީދު ވިދާޅުވެފަވެއެވެ.

ރަޝީދު ވަނީ، ދިއްދޫގެ ކުރިއެރުމާއި ތައްޤީއަށް އަބަދުވެސް އޭނާގެ އެއްބާރުލުން ޔަޤީންވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ވޭތުވި އެއް އަހަރު ތެރޭ ގަޑީގައި ޖެހިގެން އޮފީހަށް ގޮސްފައި ނުވާނެ ކަމަށެވެ. އަދި ވޭތުވި އެއް އަހަރު އޮފީހަށް ވިދާޅުވީ 5 ސަލާމް ކަމަށާއި، 3 ދުވަހުގެ އާއިލީ ޒިއްމާ ޗުއްޓީއެއް ނެންގެވި ކަމަށް ވިދާޅުވިއެވެ.

ރަޝީދު ވަނީ، ކައުންސިލް ބައްދަލުވުން ކުރިއައް ނުދާތީ އަހަރީ ޗުއްޓީ ލިބޭގޮތް ވެފައި ނުވާކަމަށެވެ.

ރަޝީދު މިރޭ "ތިލަދުން" އަށް ވިދާޅުވީ ވޭތުވި އަހަރު ދަތިކަމާއި، ހިތްދަތިކަން ބަރުދާސްތު ކުރައްވަންޖެހި ވަޑައިގަތް ކަމަށެވެ.

އަޅުގަނޑާ އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅުމަށްވުރެ ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުން ބުއްދިވެރި: ދިއްދޫ ރައީސް

"އަޅުގަނޑު ވޯޓުގައި ބައިވެރިވަނީ ކަމަށް ބުނެ އެއްގޮތަކަށް ވެސް ކައުންސިލް ބައްދަލުވުން ކުރިއަށް ގެންދިޔަކަ ނުދޭ، އެހެން ހެދިޔަސް ދިއްދޫ ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރާކަށް ފަހެއް ނުޖެހޭނަށް، ދާނީ ކުރިއަށް" ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކައުންސިލް ބައްދަލުވުންތަކުގައި ނިންމާ ނިންމުންތަކުގައި އޭނާއަށަ ވޯޓުގައި ބައިވެރިވެވޭނެކަމަށް އެލްޖީއޭގެ ތިން ސިޓީއަކުން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެމްޑީގެ މެޖޯރިޓީ އޮންނަ ދިއްދޫ ކައުންސިލުން އޭނާ އަށް އެފުރުސަތު ދޭން ދެކޮޅުހަދަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.

ދިއްދޫ ކައުންސިލްގެ ސާފު މެޖޯރިޓީ އޮންނަނީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއަށެވެ. އެ ކައުންސިލްގައި އެމްޑީޕީގެ 5 މެންބަރުން ތިއްބަވާއިރު، ރައީސް ރަޝީދު ހިމެނޭހެން އިދިކޮޅު ޕީޕީއެމްގެ އިތުރު މެންބަރަކު ހުންނަވައެވެ.