Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,126 Stories
207 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

ދަރިންނަށް ގިނަގިނައިން ފޮތް ކިޔައިދިނުން އާދަކުރަންޖެހޭ: މިނިސްޓަރ ޔުމްނާ
News

ދަރިންނަށް ގިނަގިނައިން ފޮތް ކިޔައިދިނުން އާދަކުރަންޖެހޭ: މިނިސްޓަރ ޔުމްނާ

އަޅުގަނޑުމެންގެ ދަރިންނަށް ގިނަގިނައިން ފޮތް ކިޔައިދީ، އެއާދަ އަށަގެންނެވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދިވެހި ބަހާއި، ޘަޤާފަތާއި އަދި ތަރިކައިގެ މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެންވިދާޅުވީ، ޙުސައިން ޝަޙުދީ ލިޔުއްވާފައިވާ ކުޑަކުދިންގެ ވާހަކަ ” މަވެށި ” ފޮތްބައި ނެރެދެއްވުމަށް ރޭ ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ޔުމްނާ އިތުރައްވިދާޅުވީ، ކުޑަ ކުދިންނަށް ކިޔާލަން ފަސޭހަ އެކުދިންގެ ސަމާލުކަން ލިބޭނެ ގޮތައް...

ރިޝްވަތުގެ ވަބާ އަކީ ޤައުމުގެ ތަރައްޤީއަށް އޮތް ހުރަހެއް!
Column

ރިޝްވަތުގެ ވަބާ އަކީ ޤައުމުގެ ތަރައްޤީއަށް އޮތް ހުރަހެއް!

ރިޝްވަތު ނުވަތަ ކޮރަޕްޝަނަކީ ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ބޮޑެތި ވަބާތަކުގެ ތެރެއިން، ނުރައްކާ އެންމެ ބޮޑު އަދި ފިލުވައިލަން އެންމެ އުނދަގޫ އެއްވަބާއެވެ. މިއީ ޤައުމުގެ ތަރައްޤީއަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. ރިޝްވަތު ދިނުމާއި، ހިފުމާއި، ބޭނުން ކުރުމާއި، އޭގެ މަންފާ އިން ހޯދާ އާމްދަނީ އާއި ގުޅޭގޮތުން އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ ގޮތްތަކާއި ތަރައްގީއަށް ހުރި ހުރަސް ތަކާއި ބެހޭގޮތުން މިއަދު ވިސަނާލަން ޖެހެއެވެ. ރިޝްވަތުގެ ސަބަބުން މުޖުތަމަޢުގެ އަމަން އަމާންކަމައީ ހަމަހަމަކަން ވަނ...

ދެމަސް ތެރޭ ފަށަން ބުނި "ކުޅުދުއްފުށި - ކޮޗިން ފެރީ" ދެމަސް ވީއިރު ހަބަރެއް ނުވި!
Thiladhunmathi News

ދެމަސް ތެރޭ ފަށަން ބުނި "ކުޅުދުއްފުށި - ކޮޗިން ފެރީ" ދެމަސް ވީއިރު ހަބަރެއް ނުވި!

ކުޅުދުއްފުއްޓާއި އިންޑިއާއާ ދެމެދު ފެރީގެ ޚިދުމަތް ފަށަން މަސްކަތް ކުރުމަށް ދެ ގައުމުން ސޮއިކުރި އެއްބަސްވުމުގައި ދެގައުމުން ސޮއިކޮށްފައިވަނީ މީގެ 6 މަސް ކުރިންނެވެ. އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި އެެމްއޯޔޫ، ކުރިން އެއްބަސްވެފައިވާ ގޮތަށް ކުރިއަށް ގެންދަން ކެބިނެޓުން ރުހުން ދީފައިވަނީ  03 ޖުލައި 2019 ވަނަދުވަހުއެވެ.  އެ އެމްއޯޔޫގައި އެއްބަސްވެފައި ވަނީ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ […]

News

އެންމެ ކުޑަ ހާފިޒް ޔޫސުފް އަށް، ގިބްލަ ޢުމްރާ ގުރޫޕުން ހަދިޔާއަކަށް އުމްރާ ދަަތުރެއް!

އުމުރުން 6 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރި ޔޫސުފް ބިން މާޒިންއަށް ގިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕުން ހަދިޔާއަކަށް އުމްރާ ދަތުރެއް ދީފިއެވެ. ޔޫސުފްގެ އާއިލާއިން މިއަދު މާބުލްގައި ބޭއްވި ހަފްލާއެއްގައި ޔޫސުފްއަށް ވަނީ ޑިސެމްބަރ 2020 ގައި އެގުރޫޕުގެ އުމްރާ ކިޓް ހަވާލުކޮށްފައެވެ. އެގޮތުން އިޙްރާމާއި ނަން ކާޑުގެ އިތުރުން އަތް ދަބަސްވެސް ވަނީ ހަވާލުކޮށްފައެވެ. ގިބްލައިގެ ފަރާތުން މިދަތުރު ހަވާލުކޮށްދެއްވީ އެގުރޫޕުގެ މެނޭޒިން ޑިރެކްޓަރ ޔާމިން އިދުރީސް އެވެ. މިބައްދަލުވުމުގައި ގިބްލަ ޓީމް […]

މާލެ ހުކުރު މިސްކިތު މުންނާރުގެ އާބާތުރަ ފިލުވުން ލަސްވަނީ މޫސުން ތަންނުދީގެން
News

މާލެ ހުކުރު މިސްކިތު މުންނާރުގެ އާބާތުރަ ފިލުވުން ލަސްވަނީ މޫސުން ތަންނުދީގެން

މާލެ ހުކުރު މިސްކިތު މުންނާރުގެ އާބާތުރަ ފިލުވުން ލަސްވަނީ މޫސުން ތަންނުދީގެންކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނެފިއެވެ. ހުކުރު މިސްކިތުގެ މުންނާރު ހަޑިވެފައިވާތީ ގިނަޔަބަކު ޝަކުވާ ކުރަންފެށުމާއި ގުޅިގެން މިނިސްޓްރީ އޮފް އާޓްސް ، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގަމުން އަންނަ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދުވަނީ ނޫސްބަޔާނެއް ނެރެފައެވެ. މިބަޔާނުގައިވަނީ މާލެ ހުކުރު މިސްކިތު މުންނާރަކީ ތިން ސަތޭކަ އަހަރު ވާން ގާތް ވެފައިވާ، އަގުނުކުރެވޭނެ ފަދަ ތަރިކ...

Thiladhunmathi News

އެލަޔަންސް ފުޓްސެލް ކަޕް 2019 ފަށައިފި

ހއ. ބާރަށު އަންހެނުންގެ ފޯރިގަދަ ފުޓްސެލް މެޗަކަށްފަހު، އެލަޔަންސް ފުޓްސެލް ކަޕް 2019 އިއްޔެ ފަށައިފިއެވެ. އިއްޔެ ހަވީރު ބާރަށު ފުޓްސެލް ދަނޑުގައި ފެށި އެލަޔަންސް ފުޓްސެލް ކަޕް 2019 ހުޅުވުމުގެ ގޮތުން އަންހެނުންގެ ހާއްސަ ފުޓްސެލް މެޗެއް ކުޅެވުނުއިރު، މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ބާރަށުގެ ތަރައްގީއަށް ހާއްސަ މަސައްކަތްތަކައް ކުރައްވާފައިވާ އިބްރާހީމް ތައުފީގެވެ. އެލަޔަންސް ސްޕޯޓްސް ކުލަބުގެ އިންތިޒާމް ސެކެޓްރީ ހަސަން މީޝާޤު ވިދާޅުވީ އަންހެނުންގެ ފުޓްސެލް މެޗެއް މުބާރާތް ފެށު...

މާފަރު އެއަރޕޯޓު ވެގެންދާނީ ނ އަތޮޅުގެ "ރަންބިސް އަޅާ ކުކުޅަށް": ކައުންސިލް ރައީސް
Raajje

މާފަރު އެއަރޕޯޓު ވެގެންދާނީ ނ އަތޮޅުގެ "ރަންބިސް އަޅާ ކުކުޅަށް": ކައުންސިލް ރައީސް

މާފަރު އެއަރޕޯޓް ވެގެންދާނީ ނ އަތޮޅުގެ ރަންބިސް އަޅާ ކުކުޅަށް ކަމަށް މާފަރު ކައުންސިލްގެ ރައީސް އަބްދުލް މާޖިދު އަލީ ވިދާޅުވެއްޖެއެވެ. ކައުންސިލްގެ ރައީސް މިހެން ވިދާޅުވީ “ތިލަދުން” އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ. މާޖިދު އިތުރަށް ވިދާޅުވީ މިއެއަރޕޯޓަކީ މިރަށު ރައްޔިތުންގެ އިތުރުން ނ އަތޮޅުގެ ރައްޔިތުންވެސް ވަރަށް ދުވަސްވަންދެން ދެކެމުން އައި ހުވަފެނެއްކަމަށާއި މިހުވަފެން ހަގީގަތަކަށް ވެގެންދާއިރު މިހުވަފެނުގެ ހަގީގީ ކުލަ ޖެހިގެން ދާތީ މާފަރު ރައްޔިތުންނާއި ނ އަތޮޅު ރައްޔިތުން މިކަމަށް ނ...

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރާއިރު ދިވެހިން ވިސްނާލަންޖެހޭ ވަރަށް މުހިންމު ކަމެއް!
Report

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރާއިރު ދިވެހިން ވިސްނާލަންޖެހޭ ވަރަށް މުހިންމު ކަމެއް!

އިހު ރާއްޖެއަށް މުދާ ހިފައިގެން އަންނަ ބޮޑެތި ބޯޓްފަހަރު ބަނދަރަށް ލެފުމުން އެ ބޯޓްފަހަރު ބަލާ ފާސްކުރުމަށް މީހުން އަރައެވެ. އޭރުގެ އޮޑިފަހަރު ފަރުމާ ކޮށްފައިހުންނަ ގޮތުން ގެންނަ މުދާ ބަރުކޮށްފައި ހުންނަނީ ބޯޓްގެ އަޑިއަށް ހަދާފާހުންނަ ފަލްކާގައެވެ. ނުވަތަ ވަތުގައެވެ. އެހެންކަމުން މިގޮތަށް މުދާ ހިފައިގެން އަންނަ ބޯޓްފަހަރު ބަލާ ފާސްކުރުމަށް އޭގެ ފަލްކާއަށް މީހުން ފޭބުމުގެ ކުރިން ވާގަނޑެއް އައްސާފައި ފުޅިބައްތިއެއް ރޯކޮށްފައި ފަލްކާގެ ތެރެއަށް ބާލައެވެ. އިރުކޮޅަކު ބެހެއްޓުމަށްފަހު ވާގަނޑަށް ދަމާ ފ...

އިހަވަންދޫގައި ބާއްވާ ފޯރިގަދަ ފުޓްބޯޅަ މުބާރާތް "މައިކަޕް"ގެ ގުރުއަތުލުން ޑިސެމްބަރ 1 ގައި
Thiladhunmathi News

އިހަވަންދޫގައި ބާއްވާ ފޯރިގަދަ ފުޓްބޯޅަ މުބާރާތް "މައިކަޕް"ގެ ގުރުއަތުލުން ޑިސެމްބަރ 1 ގައި

ހއ. އިހަވަންދޫގައި ބާއްވާ ހއ އަތޮޅުގެ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ‘މައިކަޕް’ ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ޑިސެމްބަރ މަހުގެ 1 ވަނަދުވަހު ބާއްވާގޮތައް ހަމަޖައްސައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޢަބްދުﷲ(މުޙައްމާ) ގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބާރާތުގައި މިއަހަރު 12 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން އިހަވަންދޫ ޒުވާނުންނަށާއި އިހަވަންދޫ ފިޔަވައި ހއ އަތޮޅުގެ ކުލަބު ޖަމުއްޢިއްޔާތަކާއި ކުންފުނިތަކާއި ރިސޯރޓްތަކާއި ސަރުކާރު މުއައް...

12 ވަނަ ފިއްލަދޫ ހޮލިޑޭ ކަޕް: ޑަޒްލިން ރޯވަރސް އާއި ފޮލޯ މީއަށް ރަނގަޅު ފެށުމެއް
Thiladhunmathi News

12 ވަނަ ފިއްލަދޫ ހޮލިޑޭ ކަޕް: ޑަޒްލިން ރޯވަރސް އާއި ފޮލޯ މީއަށް ރަނގަޅު ފެށުމެއް

ހއ.ފިއްލަދޫގެ ޒުވާންނުންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު ކުރިއެރުވުމާއި ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ފިއްލަދޫގައި ކުރިއަށްގެންދާ ހޮލިޑޭ ކަޕް ފަށައިފިއެވެ. މި މުބާރާތުގައި ޖުމްލަ 5 ޓީމަކުން ބައިވެރިވެފައި ވާއިރު މުބާރާތުގެ ފުރަތަމަ މެޗް ކުޅެފައިވަނީ މިއަދު ހެނދުނު 6:15 ގައެވެ. މިމެޗުގައި ބައްދަލުކުރީ ޑަޒްލިން ރޯވާރސް އާއި އެފްސީ ލެޖެންޑްސް އެވެ. މިމެޗް 4-0 ކާމިޔާބުކުރީ މިދިޔަ އަހަރުގެ ޗެންޕިއަން ޑަޒްލިން ރޯވާރސް އެވެ. މިމެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ ޑަޒްލިން ރޯ...

މިޔަރުގެ އުނދަގޫ މަސްވެރިންނަށް ބޮޑުވެއްޖެ! "ގައިގަވެސް ހިފަނީ، ބާނާ މަސްވެސް ކާލަނީ"
Column

މިޔަރުގެ އުނދަގޫ މަސްވެރިންނަށް ބޮޑުވެއްޖެ! "ގައިގަވެސް ހިފަނީ، ބާނާ މަސްވެސް ކާލަނީ"

މިއީ މިހާރަކަށް އައިސް މީސް މީޑިޔާއިން އަދި މަސްވެރިން ކުރަމުން އަންނަ ޝަކުވާއެކެވެ. ރާއްޖޭގެ މަސްކަނޑުތަކުގައި އާދަޔާއި ހިލާފަށް މިޔަަރުގިނަވެ މަސްވެރިންނަށް އަންނަނީ އުނދަގޫތަކާއި ކުރިމަތިވަމުންނެވެ. މީގެ ނުވަ އަހަރު ކުރިން މިޔަރު ބޭނުން ރާއްޖޭގައި މަނާކޮށް ހިމާޔަތްކުރުމުން އޭގެ ރަނގަޅު އަސަރު މިޔަރުގެ އާބާދީއަށް ވަނީ ކޮށްފަ އެވެ. އެކަމަކު މިޔަރު ގިނަވެ އޭގެ އުނދަގޫ މަސްވެރިކަމަށް ފޯރާފައިވާ ކަމުގެ ޝަކުވާ މަސްވެރިންވަނީ މިފަހަކަށް އައިސް ކުރަން ފަށާފައެވެ. 2010 ވަނައަހަރު މިޔަރު ބޭނުން މަނާކުރ...

ޒަމާނީ ޓެކްނޮލޮޖީއަކީ ދެބައޮޑުވުމަށް އޮތް މަގަކަށް ނަހަދަމާ!
Column

ޒަމާނީ ޓެކްނޮލޮޖީއަކީ ދެބައޮޑުވުމަށް އޮތް މަގަކަށް ނަހަދަމާ!

ޒަމާނީ ޓެކްނޮލޮޖީއާއެކު ދެބައޮޑުވުމުގެ ބަލި އިތުރަށް ފެތުރެމުންދާތީ، އެކަމަށް ސަމާލުކަންދީ ރައްކާތެރިވާން ޖެހެއެވެ. ދެބައޮޑުވުމަކީ، ހިތުގެބަލިތަކުގެ ތެރޭގައި ހިމެނޭ ވަރަށް ނުރައްކާތެރި ބައެއްޔެކެވެ. ދުލުގެ އާފާތްތަކުގެ ތެރޭގައި ހިމެނޭ ބޮޑު އާފާތެކެވެ. އަދި އިޖްތިމާޢީ ވަބާތަކުގެތެރޭގައި ހިމެނޭ ބޮޑު އާފާތެކެވެ. ޒަމާނީޓެކްނޮލޮޖީއާއި މުވާޞަލާތީ ތަރައްޤީގެ ބޭނުންކޮށްގެން ދެބައޮޑުވުން ދަނީ ބާރަށް ފެތުރެމުންނެވެ. އެކަމުގެ ނުރައްކާ އިތުރުވެ، އެކަމުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންނަށް ގެއްލުން ލިބި، އ...

Business

މިމަހު 29 ގައި އޮންނަ ބްލެކް ފުރައިޑޭއަށް، ޝޮޕް އެން ޝިޕް ތައްޔާރު!

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމަކީ އެމެރިކާއެވެ. އެމެރިކާގެ އިގްތިސާދީ ކުރިއެރުމުގެ ފަހަތުގައިވާ މައިގަނޑު އެއްސަބަބަކީ އެގައުމުގެ ރައްޔިތުން މުދާ ގަންނަ މިންވަރު އިތުރުވެގެން ދިއުމެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ގިނަ ވިޔަފާރިތަކުންވެސް އެފަރާތްތަކުގެ ވިޔަފާރީގެ ފައިދާ އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގައެވެ. މިގޮތުން ފާަހަގަކޮށްލެވޭ އެއް ހަރަކާތަކަށް ވާނީ ބްލެކް ފްރައިޑޭގެ ސޭލްތަކެވެ. ބްލެކް ފްރައިޑޭ އަކީ އެމެރިކާގައި ކޮންމެ ނޮވެމްބަރު މަހެއްގެ...

ކޭލަކުނު ތަޅާލި ބޮޑު ވިއްސާރަ - ހިޖުރީގޮތުން 206 އަހަރު!
Column

ކޭލަކުނު ތަޅާލި ބޮޑު ވިއްސާރަ - ހިޖުރީގޮތުން 206 އަހަރު!

މިއީ ދިވެހި ތާރީޚުގައި، ޚާއްސަކޮށް އުތުރުގެ ރަށްރަށަށް ކުރިމަތިވި އެންމެ ބޮޑު އެއް ގުދުރަތީ ހާދިސާ އެވެ. މީގެ 206 އަހަރު ކުރިން، ޑިސެމްބަރު 30، 1819 ގައި ކުރި މި ވިއްސާރައިގެ އަސަރު ހދ. ގެ އިތުރުން ށ. އަތޮޅުގެ ގިނަ ރަށްރަށަށް ވެސް ކުރި އެވެ. ބައެއް ލިޔުންތަކުގައިވާ ގޮތުގައި މިއީ ކޭލަކުނު ކައިރިއަށް އެރި ބޮޑު ނަގޫރޯޅިއެކެވެ. އެކަމަކު ގިނަ ލިޔުންތަކުގައި ވަނީ މިއީ “މާ ވިއްސާރަގަނޑެއް” ކަމަށެވެ. ވިއްސާރައިގައި ގެއްލުން ލިބުނު […]

ބޮޑު ތަކުރުފާނު، ތިލަދުންމަތި އުފެއްދި "ޤައުމީ ބަޠަލް"
Thiladhunmathi News

ބޮޑު ތަކުރުފާނު، ތިލަދުންމަތި އުފެއްދި "ޤައުމީ ބަޠަލް"

މިއަދަކީ ދިވެހި ރާއްޖޭގެ ފަހުރުވެރި ޤައުމީ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ޤައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ. ދިވެހީންގެ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ. ތިލަދުންމަތީ އުތީމު އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް އަކ...