ހއ.ފިއްލަދޫގެ ޒުވާންނުންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު ކުރިއެރުވުމާއި ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ފިއްލަދޫގައި ކުރިއަށްގެންދާ ހޮލިޑޭ ކަޕް ފަށައިފިއެވެ.

މި މުބާރާތުގައި ޖުމްލަ 5 ޓީމަކުން ބައިވެރިވެފައި ވާއިރު މުބާރާތުގެ ފުރަތަމަ މެޗް ކުޅެފައިވަނީ މިއަދު ހެނދުނު 6:15 ގައެވެ. މިމެޗުގައި ބައްދަލުކުރީ ޑަޒްލިން ރޯވާރސް އާއި އެފްސީ ލެޖެންޑްސް އެވެ. މިމެޗް 4-0 ކާމިޔާބުކުރީ މިދިޔަ އަހަރުގެ ޗެންޕިއަން ޑަޒްލިން ރޯވާރސް އެވެ. މިމެޗުގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ ޑަޒްލިން ރޯވާރސް އަށް ދެލަނޑު ޖަހައިދިން އަބްުދުﷲ އިޙުވާން (ޑުންގާ) އެވެ.
މިއަދު ހަވީރު ކުރިއަށްދިޔަ މިމުބާރާތުގެ ދެވަނަ މެޗްގައި ބަައްދަލުކުރީ އެފްސީ ގޫޕްސް އާއި ފޮލޯ މީ އެވެ. މިމެޗް 5-0 ކާމިޔާބު ކުރީ ފޮލޯމީއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ފޮލޯމީގެ އަލީ ފަރުޙާން މުޙައްމަދު އެވެ.
މާދަމާވެސް މިމުބާރާތުގެ ފޯރިގަދަ ދެމެޗް ކުރިއަށްދާނެއެވެ އެގޮތުން ހެނދުނު ބައްދަލު ކުރާނީ އެފްސީ އަމީކޯ އާއި އެފްސީ ލެޖެންޑްސް އެވެ. އަދި ހަވީރު އޮންނަ މެޗުގައި ބައްދަލު ކުރާނީ އެފްސީ ޑަޒްލިން ރޯވަރސް އާއި އެފްސީ ގޫޕްސް އެވެ.
ހެނދުނު އަދި ހަވީރު މި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާއިރު މިމުބާރާތަކީ ފިއްލަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމިގެ ގޮތުން ފިއްލަދޫ ސްޕޯޓްސް އެކަޑަމީ އިން ކޮންމެ އަހަރަކު ސްކޫލި ބަންދާއި ދިމާކޮށް ބާއްވަމުން އަންނަ މުބާރާތެކެވެ.
މި މުބާރާތުގެ ފައިނަލް މެޗް ޑިސެމްބަރު 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މި މުބާރާތަކީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރު ލުމާއިއެކު ކުރިއަށް ގެންދެވޭ މުބާރާތެކެވެ.
އެގޮތުން މި މުބާރާތުގެ މެއިން ސްޕޮންސާރ އަކީ އެސްޓީއޯއެވެ. ކޯސްޕޮންސާ ގެ ގޮތުގައި އެމްޓީސީ، ޖީއެމްއައިޒެޑްއެލް ގެ އިތުރުން ކޫލް ޓެމްޕް މޯލްޑިވްސް ފަހަގަކޮށްލެވެއެވެ. މިމުބާރާތުގެ މީޑިޔާ ޕާރޓްނަރ އަކީ ތިލަދުން އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!