ހަރުކަށި ޢަމަލުތަކާ ދެކޮޅަށް ދީނީ ޢިލްމުވެރިން ތެދުވެ މަސައްކަތް ފެށުމަށް މަޑުއްވަރީ ކައުންސިލުން ގޮވާލައިފި
ހަރުކަށި ޢަމަލުތަކާ ދެކޮޅަށް ދީނީ ޢިލްމުވެރިން ތެދުވެ މަސައްކަތް ފެށުމަށް މަޑުއްވަރީ ކައުންސިލުން ގޮވާލައިފި އެވެ. ރ. މަޑުއްވަރީ ކައުންސިލް އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާތްވެގެންވާ އިސްލާމްދީނުގެ ހައިބަތާއި ޤަދަރު ގެއްލުވާލާ، ހަރުކަށި ޢަމަލުތަކަށް ހިތްވަރުދީ ހިންގަމުން ގެންދާ ޢަމަލުތަކާ ދެކޮޅަށް ދީނީ ޢިލްމުވެރިން ތެދުވެ މަސައްކަތް ފެށުމަށް ގޮވާލަމެވެ. އަދި ދިވެހިރާއްޖޭގައި ހިންގަމުން ގެންދާ ނޫސްމަޖައްލާތަކުން ރަށާއި މުޅި ރައްޔިތުން ބަދުނާމު ނުވާނެގޮތަކަށް ކަމުގެ ޞައްޙަ މަޢ...