ހއ.ބާރަށުގައި ރުއްގަސް އުފުރާ ރަށުން ބޭރުކުން ހުއްޓާލުމަށް އަންގައިފި
ހއ.ބާރަށުގައި ރުއްގަސް އުފުރާ ރަށުން ބޭރުކުން ހުއްޓާލުމަށް އީޕީއޭއިން އަންގައިފިއެވެ. ހއ.ބާރަށުގައި ހިނގަމުންދާ މަޝްރޫޢުއެއްގެ ތެރެއިން ގަވާއިދާ ޚިލާފަށް ރުއްގަސް އުފުރާ ރަށުން ބޭރުކުރާކަމުގެ ޝަކުވާ ލިބުމާ ގުޅިގެން އެމައްސަލަ ބަލާ ވަކިގޮތެއް އަންގަންދެން ރުއްގަސް އުފުރުމުގެ މަސައްކަތް ހުއްޓާލުމަށް އީ.ޕީ.އޭ އިން ވަނީ މަސައްކަތް ކުރިއަށްގެންދާ ފަރާތަށް އަންގާފައިވާނެކަމަށް އީޕީއޭއިން ބުނެގައިވެއެވެ. ހއ. ބާރަށުގައި ކުރަމުންދާ މަސައްކަތަކާއި ގުޅިގެން، ހުއްދަނެތި ރުކާއި ގަސް އެރަށުން ނަގަމުންދާކަމުގެ...