މާފަރު އެއަރޕޯޓު ވެގެންދާނީ ނ އަތޮޅުގެ "ރަންބިސް އަޅާ ކުކުޅަށް": ކައުންސިލް ރައީސް

0FA8E20E-55ED-457D-B054-62EB4A23ED51

މާފަރު އެއަރޕޯޓް ވެގެންދާނީ ނ އަތޮޅުގެ ރަންބިސް އަޅާ ކުކުޅަށް ކަމަށް މާފަރު ކައުންސިލްގެ ރައީސް އަބްދުލް މާޖިދު އަލީ ވިދާޅުވެއްޖެއެވެ.

ކައުންސިލްގެ ރައީސް މިހެން ވިދާޅުވީ "ތިލަދުން" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ. މާޖިދު އިތުރަށް ވިދާޅުވީ މިއެއަރޕޯޓަކީ މިރަށު ރައްޔިތުންގެ އިތުރުން ނ އަތޮޅުގެ ރައްޔިތުންވެސް ވަރަށް ދުވަސްވަންދެން ދެކެމުން އައި ހުވަފެނެއްކަމަށާއި މިހުވަފެން ހަގީގަތަކަށް ވެގެންދާއިރު މިހުވަފެނުގެ ހަގީގީ ކުލަ ޖެހިގެން ދާތީ މާފަރު ރައްޔިތުންނާއި ނ އަތޮޅު ރައްޔިތުން މިކަމަށް ނިހާޔަތަށް އުފާ ކުރާކަމަށެވެ.

1257 އާބާދީއެއް ރަށުގަ ދިރިއުޅެމުންދާއިރު ރަށުގައި ދިރިއުޅެމުން ދަނީ 600 މީހުންކަން ފާހަގަ ކުރަމުން ކައުންސިލްގެ ރައީސް ވިދާޅުވީ މިއެއަރޕޯޓްގެ ސަބަބުން މިކަން ނިމުމަކަށް އަންނާނެކަމަށާއި މިހާރުވެސް އެއަރޕޯޓްއަށް 50 ވަޒީފާ އިއުލާން ކުރެވިގެން ގޮސްފައިވާކަމަށާއި ފުލުހުންނާއި ސިފައިންގެ ހިދުމަތް ފެށުމުން އިތުރު ވަޒީފާ އުފެދި ރަށްދޫކޮށް ހިޖުރަކޮށްފައިވާ ފަރާތްތަށް އެނބުރި ރަށަށް އައުމުގެ ވިސްނުން ހުރިކަން ފާހަގަ ކުރިއެވެ.

ރަށްދޫކޮށް ހިޖުރަ ކުރަން މަޖުބޫރުވާ އެންމެ ބޮޑު ސަބަބަކީ ތައުލީމާއި ސިއްހީ ނިޒާމް އަދި ވަޒީފާގެ ދަތިކަންކަން ފާހަގަ ކުރަމުން ކައުންސިލްގެ ރައީސް ވިދާޅުވީ މިހާރު މިރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ ބޮޑު ކަންނެލީގެ މަސްވެރިކަން އަދި ފަތުރުވެރިކަމުގެ ވަޒީފާތައް ކަމުގައި ފާހަގަ ކުރިއެވެ.

މިހާރު ރަށުގެ ބިމުގެ އަގު އުޅެނީ އަކަފޫޓަކަށް 50 ލާރިކަމަށާއި އެއަރޕޯޓްގެ ސަބަބުން ރަށުގެ ބިމުގެ އަގު އަރައިގެންދާނެކަމަށާއި އުންމީދަކީ މިރަށުގައި ލޯކަލް ޓޫރިޒަމް ފައްކާވެގެންދިއުން ކަމުގައި ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވިއެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި