•  
  •  
  •  
  •  
  •  
  •  

މާލެ ހުކުރު މިސްކިތު މުންނާރުގެ އާބާތުރަ ފިލުވުން ލަސްވަނީ މޫސުން ތަންނުދީގެންކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނެފިއެވެ.

ހުކުރު މިސްކިތުގެ މުންނާރު ހަޑިވެފައިވާތީ ގިނަޔަބަކު ޝަކުވާ ކުރަންފެށުމާއި ގުޅިގެން މިނިސްޓްރީ އޮފް އާޓްސް ، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގަމުން އަންނަ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދުވަނީ ނޫސްބަޔާނެއް ނެރެފައެވެ.

މިބަޔާނުގައިވަނީ މާލެ ހުކުރު މިސްކިތު މުންނާރަކީ ތިން ސަތޭކަ އަހަރު ވާން ގާތް ވެފައިވާ، އަގުނުކުރެވޭނެ ފަދަ ތަރިކައެކެވެ. މި މަރުކަޒުން މަސައްކަތް ކުރަމުން މިދަނީ މުންނާރު ރައްކާތެރިކޮށް، ޒަމާންތަކަށް ދެމިގެން ދާނޭހެން އެތަން ބެލެހެއްޓުމަށެވެ. މުންނާރަކީ ހިރިގަލުން އިމާރާތްކޮށް، އުވަލާފައިވާ ބިނާއެއްކަމުން، އެ ތަން މިހާރުވެސް އާބާތުރަ ފިލުވައި، ބަލަހައްޓަމުން ގެންދަނީ ކޮންޒަވޭޝަންގެ ހަމަތަކާ އެއްގޮތަށެވެ.

އެގޮތުން، ހުކުރު މިސްކިތުގެ މުންނާރު ރީތިކުރުމަށްޓަކައި ޒަމާނީ ކުލަ އާއި ދަވާދު ބޭނުންކުރުމަކީ މުންނާރަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބިދާނެ ކަމެކެވެ. މުންނާރަކީ ހިރިގަލާ އުވައިން ހަދާފައިވާ ތަނަކަށް ވާތީ، މުންނާރަށް ރައްކާތެރިކަން ލިބެނީ ހިރިގަލާ އެންމެ ގުޅުންހުރި މާއްދާތައް ބޭނުންކޮށްގެން ކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން، މިހާތަނަށް ބޭނުންކުރަމުން އަންނަނީ އުވަކަމުގައި މިބަޔާނުގައި ބުނެފައި ވެއެވެ.

ހުކުރު މިސްކިތުގެ މުންނާރު ދޮވެ، ސާފުކޮށް، އާބާތުރަ ފިލުވުމަށް މި މަރުކަޒުން މިހާތަނަށް ކުރަމުންދިޔަ މަސައްކަތްތަކުގެ އިތުރުން، ދާދި ފަހުން ވެވުނު ފަހުމުނާމާއެއްގެ ދަށުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އާއި ގުޅިގެން މުންނާރާއި ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައި ހުރި 4 ފެންވަޅު ސާފުކޮށް، އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށް މިހާރުވެސް ވަނީ ތައްޔާރުވެފައިވާކަމަށާއި އަދި މި މަސައްކަތް 30 ނޮވެމްބަރ 2017 ވީ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައި އޮތް ނަމަވެސް، މޫސުން ތަންނުދޭތީ އެ މަސައްކަތް ވަނީ ކުރެވޭގޮތް ނުވެފައިކަމަށް ބުނެފައިވެއެވެ.

އުވަ އަކީ އިމާރާތެއްގައި އެ ލުމަށްފަހު، އަދި ލިބިގެން މެނުވީ ހިކޭ އެއްޗެއް ނޫނެވެ. އަދި މުންނާރު ވަރުގެ އިމާރާތެއްގައި އުވަލައި، އާބާތުރަފިލުވުމުވަށްޓަކާ އިމާރާތުގައި ތެއްކަމެއްނެތި އެތަނުގައި ޖަހާ އުވަ ފުރިހަމައަށް ހިކުމަށްޓަކާ ވަގުތު ބޭނުންވެއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މުންނާރަކީ އަސާރީ ތަރިކައެއް ކަމުން، އެ އިމާރާތުގައި ބޭރުން ތަކެތި ވިއްދުމާއި އެފަދަ އެހެން ކަންކަން ކުރުމަކީ އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށްވާއިރު، އެއީ މި މަރުކަޒުން އެފަދަ މަސައްކަތް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި ޚިލާފު ކަމެއްކަމަށާއި އެހެންކަމުން، ކަނޑައެޅިފައިވާ ތަރިކަ ރައްކާތެރިކުރުމުގެ އުސޫލުތަކާއި އެއްގޮތަށް، މޫސުން ތަންދޭ އެންމެ އަވަސް ފުރުސަތެއްގައި މާލޭ ހުކުރު މިސްކިތު މުންނާރުގެ އާބާތުރަފިލުވައި ރީތިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވާފައި ވެއެވެ.

ޚިޔާލު

Your email address will not be published.

More in ޚަބަރު