އެންމެ ކުޑަ ހާފިޒް ޔޫސުފް އަށް، ގިބްލަ ޢުމްރާ ގުރޫޕުން ހަދިޔާއަކަށް އުމްރާ ދަަތުރެއް!

photo_2019-12-04_18-47-05

އުމުރުން 6 އަހަރުގައި ކީރިތި ގުރުއާން ހިތުދަސްކުރި ޔޫސުފް ބިން މާޒިންއަށް ގިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕުން ހަދިޔާއަކަށް އުމްރާ ދަތުރެއް ދީފިއެވެ.

ޔޫސުފްގެ އާއިލާއިން މިއަދު މާބުލްގައި ބޭއްވި ހަފްލާއެއްގައި ޔޫސުފްއަށް ވަނީ ޑިސެމްބަރ 2020 ގައި އެގުރޫޕުގެ އުމްރާ ކިޓް ހަވާލުކޮށްފައެވެ. އެގޮތުން އިޙްރާމާއި ނަން ކާޑުގެ އިތުރުން އަތް ދަބަސްވެސް ވަނީ ހަވާލުކޮށްފައެވެ. ގިބްލައިގެ ފަރާތުން މިދަތުރު ހަވާލުކޮށްދެއްވީ އެގުރޫޕުގެ މެނޭޒިން ޑިރެކްޓަރ ޔާމިން އިދުރީސް އެވެ.

މިބައްދަލުވުމުގައި ގިބްލަ ޓީމް އިން ޔޫސުފް އާއި ޔޫސުފްގެ އާއިލާއާއި ބައްދަލުކޮށް ވަނީ ހިއްވަރު ދެއްވާ ތަޙުނިޔާ ކިޔާފައެވެ.

ޔޫސުފް ގުރުއާން ހިތުދަސް ކުރަން ފެށީ ބޭބީ ނާސަރީގަ އެވެ. އެ ގުރޭޑްގައި އެއް ފޮތް ހިތުދަސްކުރިއިރު ނާސަރީގައި ދެ ފޮތް ދަސްކުރި އެވެ. އެލްކޭޖީގައި ފަސް ފޮތް، އޭގެ ފަހުން މިއަހަރު ޔޫކޭޖީގައި 22 ފޮތް ހިތުދަަސްކުރި އެވެ.

ގުރުއާން ކިޔެވުމުގެ ޝައުގު ޔޫސުފުގެ ހިތުގައި އުފެދުނީ އޭނާގެ މަންމަގެ ފަރާތުންނެވެ. ޔޫސުފްގެ މަންމައަކީ ޓީވީއެމުން ބޭއްވި އެންމެ އަލި ގަދަ ތަރި ޕްރޮގްރާމުން މަޝްހޫރުކަން ހޯދި އުންމުހާނީ އިބްރާހިމް އެވެ.

ޔޫސުފް އަކީ ދިވެހިރާއްޖޭގައި މިހާ ޅާއުމުރެއްގައި ކީރިތި ގުރުއާން ހިތުދަސްކުރި ފުރަތަމަ ފަރާތްވެސްމެއެވެ. މިއަދު މިކުޑަ ކުޑަ ޔޫސުފް އަކީ މުޅި ގައުމު ފަހުރުވެރިވާ ފަދަ ދަރިއެއްވެސްމެއެވެ. އަދި އަޅުގަނޑުމެން އެމެންވެސް އެދެނީ މިކުޑަ މުޖުތަމައުގައި ޔޫސުފް ފަދަ އެތައް ޔޫސުފެއް އުފެދިގެން ދިޔުމެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *