ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމަކީ އެމެރިކާއެވެ. އެމެރިކާގެ އިގްތިސާދީ ކުރިއެރުމުގެ ފަހަތުގައިވާ މައިގަނޑު އެއްސަބަބަކީ އެގައުމުގެ ރައްޔިތުން މުދާ ގަންނަ މިންވަރު އިތުރުވެގެން ދިއުމެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ގިނަ ވިޔަފާރިތަކުންވެސް އެފަރާތްތަކުގެ ވިޔަފާރީގެ ފައިދާ އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގައެވެ. މިގޮތުން ފާަހަގަކޮށްލެވޭ އެއް ހަރަކާތަކަށް ވާނީ ބްލެކް ފްރައިޑޭގެ ސޭލްތަކެވެ.
ބްލެކް ފްރައިޑޭ އަކީ އެމެރިކާގައި ކޮންމެ ނޮވެމްބަރު މަހެއްގެ ފަހު ހުކުރު ދުވަހު ބޭއްވޭ ޚާއްސަ ސޭލްއެކެވެ. އެގޮތުން މިއަހަރު މިދުވަސް ވަނީ މިމަހުގެ 29 ވަނަ ދުވަހާއެވެ. މިއީ އެމެރިކާގެ ސަގާފީ ޗުއްޓީ ދުވަހެއްކަމުގައިވާ ތޭންކްސްގިވިންގަށްފަހު އަންނަ ދުވަހެކެވެ. މި ދުވަހުގެ ނަމެއްގެ ގޮތުގައި ބްލެކް ފްރައިޑޭ ހަމަޖެހުނީ މި ދުވަހުގެ ވިޔަފާރިއަށްފަހު، ވިޔަފާރިތަކުގެ މާލީ ހިސާބުތަކުން ރަތްކުލަ ނުވަތަ ގެއްލުން ފިލައިގޮސް، ކަޅުކުލައިގެ ފައިދާއަށް ބަދަލުވެގެންދާތީއެވެ.
މިދުވަހުގެ އެންމެ ޚާއްސަ ކަމަކީ ވިޔަފާރިތަކުން އަޅުވާ އާދަޔާ ޚިލާފު ސޭލްތަކެވެ. އެ ދުވަހުގެ ދަންވަރުން ފެށިގެން ކުރިއަށްދާ މި ސޭލްގައި ވަރަށް އަގުހެޔޮކޮށް ތަކެތި ލިބެން ހުންނައިރު، އަވަހަށް ވިޔަފާރިކުރާ ފަރާތްތަކަށްވެސް ޚާއްސަ އިނާޔަތްތަކެއް ލިބިގެންދެއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން މި ސޭލްއަށް ފިހާރަތަކުން ދޮރު ހުޅުވާލުމުގެ އެތައް ގަޑިިއިރެއް ކުރިން މީހުން ކިއުގައި ޖެހެއެވެ. ބްލެކް ފްރައިޑޭ ފާހަގަކުރެވިފައިވަނީ އެމެރިކާ މީހުންގެ ކްރިސްމަސް ޗުއްޓީގެ ވިޔަފާރިތައް ފެށޭ ދުވަހުގެ ގޮތުގައެވެ.
ޒަމާނަށް އައި ބަދަލުތަކާއި އެކު ބްލެކް ފްރައިޑޭގެ ވައްޓަފާޅިއަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ގިނަ ފަރާތްތަކުން ބްލެކް ފްރައިޑޭގެ ވިޔަފާރިތައް އޮންލައިން އެކި ވެބްސައިޓްތަކުގެ އަލީގައި ކުރެއެވެ. ނަަތީޖާއެއްގެ ގޮތުން ބްލެކް ފްރައިޑޭ މިވަނީ މުޅި ދުނިޔެއިން އެކަމަކަށް ކަޅި އަަޅާކަމަކަށް ބަދަލުވެފައެވެ.
އެގޮތުން ބްލެކް ފްރައިޑޭގެ އޮންލައިން ސޭލްތައް ނުވަތަ ސައިބަރ މަންޑޭގައި ގިނަ ދިވެހިންވެސް ބައިވެރިވެ ވިޔަފާރި ކުރާކަން ފާހަަގަކޮށްލެވެއެވެ.
ޝޮޕް އެން ޝިޕް މެދުވެރިކޮން ގެންނަ މުދާ ރާއްޖެ ގެނެވޭނެއެވެ. ދުނިޔޭގެ 29 ގައުމަކުން ޝޮޕް އެން ޝިޕްގައި ރަޖިސްޓްރީ ވުމުން ލިބޭނެއެވެ. ނާލު.އެމްވީ (Naalu.mv) މެދުވެރިކޮށް ޝޮޕް އެން ޝިޕްގައި ރަޖިސްޓްރީ ވާނަމަ އެނުއަލް ފީއެއް އަދި މަންތުލީ ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. ނާލު އެކްސްޕްރެސްއަކީ ޝޮޕް އެން ޝިޕް ގެ ރާއްޖޭގެ ޕާރޓްނަރ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!