މަރުގެ ވާހަކަ އަކީ ސަމާސާއެއް ނޫން. މަރަކީ ސަކަރާތް ޖަހާވަރަށްވުރެ މާބިރުވެރިކަމެއް.
ހަގީގަތުގަ އެއީ ދައުވާ ކުރަން ޖެހޭވަރު ބޮޑު ޖަރީމާއެކެވެ. އެއީ ޖާހިލުކަމުގެ އިންތިހާއެވެ. މިޒަމާނުގެ ދިވެހިންނަށް ލިބިފައި މިވާ ޒަމާނީ ތަރުބިއްޔަތާ އެކު ޟަމީރެއް ވެސް އޮންނަ ހެނެއް ހިއެއް ނުވެއެވެ. މީ ދިވެހިންނަކީ ހިތްހެޔޮ ރަނގަޅުބަޔެކޭ މިއަދު ބުނުމަކީ އުނދަގޫކަމަކަށް ވެއްޖެއެވެ. މީގެ ހަ އަހަރު ކުރިން ފެށިގެން ރާއްޖޭގައި ކަށުނަމާދުގެ މަޢުލޫމާތު ގެނެސްދޭ ފޭސްބުކްޕޭޖެއްކަމަށްވާ “ކަށުނަމާދު އެމްވީ” އަށް އާއިލާގެ މީހަކު މަރުވެއްޖެ ކަމަށް ބުނެ ދޮގު މައުލޫމާތު ދިން މައްސަލައެއް ފެންމަތިވެފައިވާއިރު މި...