ރައީސް ޔާމީންގެ ވެރިކަމުގައި ބޮޑު ޚަރަދު ކޮށްގެން ޗައިނާ ސަރުކާރުގެ އެހީގައި ހެދި މާލެ-ހުޅުމާލެ-ހުޅުލެ ގުޅުވާލަދޭ ބްރިޖު އަޅަން ފެށުމުން އޭރު އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން ވަރަށް ގިނަ ވާހަކަތައް ދެއްކިއެވެ.

އާންމު ރައްޔިތު މީހާވެސް މީސް މީޑިއާގައި ބްރިޖާއި ގުޅިގެން ތަފާތު ހިޔާލުތައް ހާމަކުރެއްވިއެވެ. ބްރިޖު އެޅުމާއި ގުޅޭގޮތުން އޭރު އިދިކޮޅުގައި ތިއްބެވި މިހާރު ސަރުކާރުގެ ވަޒީރުންވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

Ad
rt

އޭރު ދެއްކީ ކޮން ވާހަކައެއް؟ އޭރު ބްރިޖު އޯކޭތޯ؟

ރައީސް ޔާމީންގެ ވެރިކަމުގައި 200 މިލިއަން ޑޮލަރު (ތިން ބިލިއަން ނުވަދިހަ ހަމިލިއަން ރުފިޔާ) ޚަރަދު ކޮށްގެން ހެދި ބުރިޖާއި ބެހޭގޮތުން އަދުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އޭރު ވިދާޅުވީ

"އަޅުގަނޑުމެންނަށް ބްރިޖެއް ބޭނުންވޭތަ؟ އަޅުގަނޑުމެންނަށް އެކަމަށް ޚަރަދު ކުރުމުގެ ޤާބިލުކަން އެބަހުރިތަ؟"

އަދި ބްރިޖަށް ބޮޑު ޚަރަދެއް ކުރާއިރު ގައުމު މިއޮތް ހަލާކުވަނީކަމަށް ވެސް އަމީރު އޭރު ވިދާޅުވިއެވެ.

ބްރިޖަށް އެހާ ބޮޑު ޚަރަދެއް ކުރުމުގެ ބޭނުމެއް ނެތްކަމަށާއި މީގެ ސަބަބުން ދިގު މުއްދަތަކަށް ލޯނު ދައްކާލަ ދައްކާލާ ތިބެން ޖެހޭނެ ކަމަށްވެސް އަމީރު އޭރު ވިދާޅުވިއެވެ.

އަޅުގަނޑުމެންތެރޭގައި ހުރި އިޖުތިމާއީ އަދި އިޤްތިޞާދީ އެއްވެސް މައްސަލައެއް ބްރިޖުގެ ސަބަބުން ހައްލުވާނެތޯވެސް އަމީރު ވަނީ އޭރު ސުވާލު ކުރައްވާފައެވެ.

އަދުގެ ސަރުކާރުގެ އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލު އޭރު ވިދާޅުވީ އިޤްތިޞާދީ ގޮތުން ބްރިޖެއް ބޭނުން ނުވާކަމަށެވެ. އަދުގެ ސަރުކާރުން މިއަންނަ އަހަރަށް ބަޖެޓުގައި މިވަނީ މާލޭ ސަރަހައްދު ގުޅައިލުމުގެ މަސައްކަތުގެ ތެރެއިން މާލެ އާއި ތިލަފުށި ދެމެދު ބްރިޖު އެޅުމަށް 411 މިލިއަން ރުފިޔާ ހަރަދު ކުރަން ހިމަނާފައެވެ. ބްރިޖުގެ އަގު އެތަށް ތަނަކުން ހެޔޮ ނަމަވެސް މިފަހަރުވެސް މި އަޅަނީ ހަމަ ބްރިޖެކެވެ. އެއްކަލަ ތަރައްޤީ އަންނާނެ ކަމުގެ އިންތިޒާރުގައި އަތޮޅުތަކުގެ ރައްޔިތުން މިފަހަރުވެސް ތިބެންވީއެވެ. އަތޮޅު ތެރޭ ސިއްޚީ ނިޒާމު އަދިވެސް އޮތީ ވަރަށް ހާލުގައެވެ.

ރައީސް އޮފީހުގެ ޕޮލިސީ ސެކްރަޓަރީ އައިމިނަތު ޝައުނާ އޭރު ވިދާޅުވީ ބްރިޖަކީ ލާމަރުކަޒު ކުރުމާއި މުޅިން އިދިކޮޅު ސެންޓަރަލައިޒް ކުރުން ކަމަށެވެ. ހުރިހާ ކަމެއް އެއް ސަރަހައްދަކަށް ޖަމާކުރުން ކަމުގައެވެ. އަދި ރައްޔިތުން ހުޅުމާލެއަށް ބަދަލުވާން ބުނަނީ ކަމަށްތޯ ޝައުނާ އޭރު ސުވާލު ކުރެއްވިއެވެ.

ރަށެއް ނުވަތަ ސިޓީއެއް ބިނާ ކުރުމަށް ހުދުމުހުތާރު ވެރިއެއް ކުރައްވާނެ ކަމަކީ ބްރިޖު އެޅުންތޯ މިއަދުގެ މަޖިލިސް ނައިބު ރައީސް އީވާ އަބްދުﷲ އޭރުވަނީ ސުވާލު ކުރައްވާފައެވެ.

މީގެ އިތުރުން އެއިރު ބުރިޖު އެޅުމާއި ގުޅިގެން އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތަކުންވަނީ އަޑުއުފުލާފައެވެ.

ރައީސް މައުމޫން ވަނީ 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕޭން ވައުދެއްގެ ގޮތުން ހުޅުމާލޭގައި "މޫން ބޭ މެރީނާ" ގެ ނަމުގައި މަޝްރޫއުއެއް ހިންގުމުގެ ޕްލޭނެއް އެކުލަވާލައިފައެވެ. އޭގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ތައްޔާރުކުރި އެވެ. އެ ވީޑިއޯގައި މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖެއް އަޅަން ޑިޒައިންކޮށްފައިވެ އެވެ. އޭގެ ފަހުން ރައީސް ނަޝީދުގެ ވެރިކަމުގައިވެސް ބްރިޖު އެޅުމަށް ކެބިނެޓުގައި މަސްވަރާ ކުރެވުނުކަމަށް ވަނީ ވާހަކަ ދެކެވިފައެވެ.

ރައީސް ނަޝީދު ބްރިޖާއި ބެހޭގޮތުން ވިދާޅުވި ބަސްފުޅެއް ވަރަށް ގިނަ ބަޔަކު ދިޔައީ ބޭނުން ކުރަމުންނެވެ.

"ރައީސް ޔާމީން، ދިވެހިންނަށް ބްރިޖު އޯކޭ. އޯކޭ ނުވެގެން މިއުޅެނީ ވައްކަން"

މިއީ މިދިޔަ ރިޔާސީ އިންތިޚާބު ދުވަސްވަރު ރައީސް ނަޝީދު ވިދާޅުވި ބަސްފުޅެކެވެ.

ބުރިޖު އެޅުމާއި ގުޅޭ ގޮތުނަ މާލޭ މޭޔަރު ދެކޭގޮތާމެދު މިއަދު ވިސްނާލަންޖެހެއެވެ. ޝިފާ އެއިރު ދެއްކީ މުޅިއަކުން ދޮގު ވާހަކައެއްނޫނެވެ.

އަޅުގަނޑުމެން ގަބޫލުކުރަންވީ ކަމަކީ ރާއްޖޭގައި އެންމެ ފަހުން ވެރިކަންކުރި ރައީސް މައުމޫނާއި، ރައީސް ނަޝީދާއި، ރައީސް ވަޙީދާއި، ރައީސް ޔާމީނާއި އަދި މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުވެސް ބްރިޖު އެޅުމަށް އަބަދުވެސް ބޭނުން ކަމަވެ.

އަތޮޅު ތެރޭ ރައްޔިތުން މާލޭ ސަރަޙައްދަށް ޖަމާކުރުމަކީ ޚައްލެއް ނޫނެވެ. މިއީ ތޮއްޖެއްސުމުގެ ސަފްހާއެކެވެ. މިކަމުން އަތޮޅު ތެރޭގެ ސިއްޙީ ނިޒާމެއްވެސް، ތަޢުލީމީ ނިޒާމެއްވެސް ރަނގަޅު ނުވާނެކަމެވެ. އަތޮޅުތެރޭގައި ވަޒީފާގެ ފުރުޞަތުވެސް މިކަމުން ނުލިބޭނެ ކަމެވެ. މާލެ ތޮއްޖެއްސުން ހުއްޓުވަން ކުރަންވީ ކަމަކީ އެއީއެވެ.