އިމިގްރޭޝަންގެ ކޯލް ސެންޓަރ ހުޅުވައި ހޮޓްލައިން "1434" އިފްތިތާޙް ކޮށްފިއެވެ.
މިއަދު އިމިގްރޭޝަން ގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މި ހޮޓްލައިން އަދި ކޯލްސެންޓަރ ހުޅުވައިދެއްވީ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އެވެ.
މިރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން މާރިޔާ ދީދީ ވިދާޅުވީ އިމިގްރޭޝަންގެ ހޮޓްލައިން 1434 ވެގެންދާނީ ރާއްޖޭގެ ރައްޔިތުއްނަށް ދެވޭ ވަރަށް މުހިއްމު ހިދުމަތެއްކަމަށެވެ.
“އަޅުގަނޑުމެންގެ ސަރުކާރު އިންތިހާބުވި ފަހުން އަބަދުވެސް މިދައްކަން ޖެހެނީ ޖަޒީރާ ރާއްޖޭގެ ވާހަކަ، އަޅުގަނޑު އަބަދުވެސް އެދެނީ ވީވަރަކުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ޕާސްޕޮޓުގެ ހިދުމަތާއި އެނޫންވެސް ގިނަ ހިދުމަތްތަކެއް ލިބޭނެގޮތް ހައްދަވައިދެއްވުން”
މިނިސްޓަރ މާރިޔާ ދީދީގެ ވާހަކަފުޅުގައި ބުނެފައިވެއެވެ.
https://twitter.com/MoDmv/status/1207288646719508482?s=20
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ހަނަފީ ވިދާޅުވީ ﷲ ގެ އިރާދަ ފުޅާއެކު މިއަދު ހުޅުވިގެން މިދާ ކޯލް ސެންޓަރާއި އެކު، މި އަހަރު ތެރޭގައި އަޅުގަނޑުމެން ކުރުމަށް ކަނޑައެޅި ކަންތައްތަކުގެ ގާތްގަނޑަކަށް 93% މިވަނީ ހާސިލްކުރެވިފައިކަމަށެވެ. އަދި މިސްރާބު ވަރަށް ސާފުކަމަށާއި ދިވެހި ހުރިހާ ރައްޔިތުއްނާ ގުޅިގެން ޒަމާނީ މިސްރާބަކަށް އިމިގްރޭޝަން ގެންދިއުންކަމަށާއި ވައުދަކީވެސް، އަމާޒަކީވެސް އެއީ ކަމުގައި ބުނެފައިވެއެވެ.
"މިއަދަކީ ރައްޔިތުންގެ އެހުރިހާ އުދާސްތަކަށް އަޅުގަނޑުމެން ތަސައްލީ ހޯދަދޭ ދުވަސް. ރައްޔިތުން ބޭނުންވާ މައުލޫމާތު ފަސޭހަކޮށް ހޯދޭނެ ގޮތް އަޅުގަނޑުމެން ފަހިކޮށްދޭ ދުވަސް. މިއަދަކީ އިމިގްރޭޝަންގެ ކޯލްސެންޓަރ އިފްތިތާހުކުރާ ދުވަސް، ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު އެކަށީގެންވާ ގޮތުގައި ނުލިބޭކަމުގެ ވާހަކަ ސޯސިއަލް މީޑިޔާގެ ޒަރިއްއާއިންނާއި، އެހެނިހެން ގޮތްގޮތުން ރައްޔިތުން އަބަދުވެސް ދައްކާ"
މިރަސް މިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަނަފީ ބުނެފައިވެއެވެ.
Ad
rt