ތިލަދުންމަތީ ދެކުނުބުރި (ހދ) ގެ ތިން ރަށެއް ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް އަންނަ ހަފްތާގައި ހުޅުވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަނެއްކާވެސް މިވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހުގެ ދައުވަތަކަށް 200 އަށް ވުރެ ގިނަ ކައުންސިލަރުން ބައިވެރިވެގެން، "ވިޔަވަތި ރާއްޖޭ"ގެ ނަމުގައި މިއަދު ކްރޮސް ރޯޑްގައި ފެށި މަހާސިންތާގެ ތެރެއިން އެމަނިކުފާނު ޗެއާކުރެއްވި ޕެނަލް ޑިސްކަޝަންގައި ހދ އަތޮޅު ކައުންސިލްގެ ފަރާތުން ކުރިމަތިކުރި ސުވާލުތަކާ ގުޅިގެން، ރައީސް ސޯލިހު ވިދާޅުވީ ހދ. އަތޮޅަށް ވަރަށް ބޮޑު ބަދަލެއް އެބަ އަންނަ ކަމަށެވެ.

Ad
rt

ރައީސް އެވާހަކަފުޅު ފެއްޓެވީ ހދ އަތޮޅު ކައުންސިލުން އެ އަތޮޅުގައި ފަތުރުވެރިކަން ފުޅާކުރެވިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރުމުންނެވެ. ފަތުރުވެރިކަން އެންމެ ފަހުން ތައާރަފްވި އަދި ފަތުރުވެރިކަމުގެ ނަފާ އެންމެ ކުޑަ އަތޮޅަކީ ހދ އެވެ. އެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެތިން ދުވަސްތެރޭ ހދ ގެ ތިން ރަށެއް ފަތުރުވެރިކަމަށް ހުޅުވާލައްވާނެ ކަމަށެވެ.

"ހދ އަތޮޅުގައި ތިން ރަށެއް ރިސޯޓަކަށް ހަދަން ހުޅުވާލުމަށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ހުޅުވާލެވޭނެ."

ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވިއިރު ސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހު ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ ޖޮބް ފެއަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ އޮކްޓޫބަރ މަހުގެ 3 ވަނަ ދުވަހު ހދ އަތޮޅުން ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިއުލާން ކުރަނާނެކަމަށެވެ.

އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެންމެ އިންތިޒާރުކުރާ ދުވަސްކަމަށް އަޅުގަނޑުމެން ދެކެނީ. ޙާއްސަކޮށް ހދ. އަތޮޅުގެ މެންބަރުން ފެނުނީމަވެސް މިހާރު ވަރަށް ބޮޑަށް އެބޭފުޅުންގެ މޫނަށް ބަލާލެވޭ. ވަރަށް ގިނަ ދުވަހު އިންތިޒާރުކުރި މެންބަރުން އެބަތިބި. ފަތުރުވެރިކަމުގެ ސީދާ ނަފާ އެހިސާބުތަކަށް ދިއުމަށް. ރާއްޖޭގެ ފަތުރުވެރިކަމުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދައްކާ ވާހަކަފުޅުގައި ރާއްޖޭގެ ރައްޔިތުން އެކުރާ އުންމީދުތަކަށް ސީދާ ޖަވާބު ލިބިގެންދާނެ. އައު ސަރުކާރުން ޓޫރިޒަމަށް ދޫކުރާ ރަށްތައް އެރޭ އަޅުގަނޑުމެންނަށް ހާމަކުރެވޭވަރުވާނެ : ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު

ތިލަދުން | Thiladhunއަންނަމަހު ހދ އަތޮޅުން ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިޢުލާން ކުރަނީއަންނަ މަހުގެ 3 ވަނަ ދުވަހު ހދ އަތޮޅުން ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް އިއުލާން ކުރަނާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މިހ...

މީގެ އިތުރުން ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި ހދ އަތޮޅުން ޓޫރިޒަމަށް ދޫކުރާ ރަށްތައް އިޢުލާން ކުރެވިގެންދާނެ ކަމަށެވެ.

މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުޙީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަލީ ވަހީދު މިހެން ވިދާޅުވީ މިސަރުކާރު އައީ ރާއްޖޭގައި 35000 ޓޫރިސްޓް އެނދު ތަރައްޤީ ކުރުމުގެ ވައުދާއިއެކު ކަމަށާއި މިސަރުކާރުން އެންމެ ފުރަތަމަ ޓޫރިޒަމަށް ނެރޭނެ ރަށްތައް މިހާރު ކަނޑައެޅިފައި ވާކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެރަށްތައް އިއުލާން ކުރައްވާނެ ކަމަށާއި އޭގެ ތެރޭގައި ހއ އަތޮޅު، ހދ އަތޮޅު، ށ އަތޮޅު، ނ އަތޮޅު އަދި މ އަތޮޅާއި ފ އޮތޮޅު، ލ އަތޮޅު، ގއ އަތޮޅު އަދި ގދ އަތޮޅުގެ ރަށްތައް ހިމެނޭނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

ތިލަދުން | Thiladhun1 ހަފްތާ ތެރޭގައި ހދ އިން ޓޫރިޒަމަށް ދޫކުރާ ރަށްތައް އިއުލާންކުރާނެ: އަލީ ވަހީދުކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައި ހދ އަތޮޅުން ޓޫރިޒަމަށް ދޫކުރާ ރަށްތައް އިޢުލާން ކުރެވިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އަނެއްކާވެސް ވިދާޅުވެއްޖެއެވެ. މިނިސ...

ހަމަ މިމޭރުމުން ވާހަކަ ދައްކަވަމުން މި ޑިސެމްބަރ މަހު8 ވަނަ ދުވަހު އަލީ ވަހީދު ވިދާޅުވެފައިވަނީ ބޮޑުތިލަދުންމަތިން ރިސޯޓު ހިންގަން ދޫކުރާ ރަށްތައް 12 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ.

ރާއްޖޭގައި ފަތުރުވެރިކަން ނެތް ސަރަހައްދުތައް ހިމެނޭގޮތަށް ރިސޯޓު ހިންގަން އަލަށް ދޫކުރާ ރަށްތައް އަންނަ ބުރާސްފަތި ދުވަހު އިއުލާންކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވީ އިންސްޕެކްޝަން ޓްރެއިނިން ޕްރޮގްރާމް ނިންމާލުމަށް މިމަހުގެ 7 ވަނަދުވަހު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

ތިލަދުން | Thiladhunބޮޑު ތިލަދުންމަތިން ރިސޯޓު ހަދަން ދޫކުރާ ރަށްތައް 12 ވަނަ ދުވަހު އިއުލާން ކުރަނީބޮޑުތިލަދުންމަތިން ރިސޯޓު ހިންގަން ދޫކުރާ ރަށްތައް 12 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ފަތުރުވެރިކަން ނެތް ސަރަހައްދު...

”އަބަދުވެސް މިކިޔަނީ ރާއްޖޭގެ އުތުރަކު ރިސޯޓެއް ނެތޭ. ދެކުނަކު ރިސޯޓެއް ނެތޭ. ތިމަންނަމެން އަތޮޅަކު ރިސޯޓެއް ނެތޭ. އިރާދަކުރެއްވިއްޔާ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އަޅުގަނޑުމެން ބޮޑުތިލަދުންމަތިންނާއި އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ހުވަދޫ ސިޓީ، ރާއްޖޭގެ ފަތުރުވެރިކަން ނެތް ސަރަހައްދުތައް ހިމެނޭގޮތަށް އަލަށް ދޫކުރަން ގަސްދުކުރާ ރަށްތައް އަޅުގަނޑުމެން އިއުލާންކުރާނަން،“

މިނިސްޓަރު މިހެން ވިދާޅުވެފައި ވާތީ ބޮޑު ތިލަދުންމަތީ ރައްޔިތުން ތިބީ އެދުވަހުގެ އިންތިޒާރުގައެވެ. ނަމަވެސް މިނިސްޓްރީއިން އަދި ސަރުކާރުން މިކަމުގެ ހިލަމެއް ނުވެ އަނެއްކާވެސް މިޖެހުނީ "ދެތިންދުވަސް" އިންތިޒާރު ކުރާށެވެ.

ތިލަދުން | Thiladhunއަންނަ މަސް ނިމިއްޖެ! މިނިސްޓަރު ވިދާޅުވި ޓޫރިޒަމަށް ދޫކުރާ ރަށްތައް އިޢުލާނެއް ނުކުރޭ!ހދ އަތޮޅުގައި ޓޫރިޒަމް ނެތިގެން އެވާހަކަ ދައްކާތާވީ ދުވަހެއް، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުވީ ފަހުން ވެދާނެއެވެ. އެހެންނަމަވެސް ވީކަމެއް ނެތެވެ. އަދިވެސް އެވާހަކަ ދެއްކެން ހުއ...

ހދ އަތޮޅު ޒުވާނުން ރަށް ކައިރިން ވަޒީފާ ލިބޭނެކަމުގެ އުންމީދުގައި ތިބޭތާ ލައްކަ ދުވަސް ވެއްޖެ އެވެ. ފަތުރުވެރިކަމަށް ދޫކުރެވިފައިވާ ރަށްތައް ނުހެދި ހުއްޓިފައި ހުންނަތާ 16 ވަރަކަށް އަހަރު މިވަނީ ވެފައެވެ. ދެތިން ދުވަހަކީ ރަށްތައް އިޢުލާން ކުރަން އިންތިޒާރުގެ ގޮތުން މާގިނަ ދުވަހެއް ނޫނެވެ. އިންތިޒާރު މިކުރެވެނީ އަވަހަށް ރަށްތައް އިޢުލާންކުރެވި މަސައްކަތް ނިންމާ ވަޒީފާ ލިބޭނެ ދުވަހެއްގެ އިންތިޒާރެވެ.

ޓޫރިޒަމް މާސްޓަރ ޕްލޭންގެ މަސައްކަތް ނިންމައި 2 އަހަރު ތެރޭ ޑެލިވަރ ކުރާނެކަމަށް ޓުރިޒަމް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. މިމަސައްކަތުގައި ސަރުކާރުން ދެއްވާ އަހަން މިއްޔަތުކަމާއި ހދ އަތޮޅަށް ނިސްބަތްވާ މެންބަރުން ކުރައްވާ ބުރަ މަސައްކަތަށް ހދ އަތޮޅުގެ ގިނަ ރައްޔިތުން އަންނަނީ ޝުކުރު އަދާ ކުރަމުންނެވެ.