މިއަހަރުގެ އޯގަސްޓް މަސްތެރޭގައި އިންޑިއާއިން، ކަޝްމީރަށް ކުރިން ދީފައި އޮންނަ ހާއްސަ އިމްތިޔާޒް ނުވަތަ ’އޮޓޯނަމީ“ އުވާލައި އެ ސްޓޭޓް ދެބައިކޮށް އިންޑިއާގެ މައި ސަރުކާރުގެ ދަށަށް ގެންނަން ނިންމިއެވެ.

އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީން ނިންމި މިނިންމުމާއި ގުޅިގެން ކަޝްމީރުގައި ދިރިއުޅޭ އެތައްހާސް މުސްލިމުންނަށް މިއަދާ ހަމައަށްވަނީ ތަފާތު ގޯނާއާއި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. އިންޑިއާގެ މި ނިންމުން ވެގެންގޮސްފައިވަނީ ހަމަނުޖެހުން އުފެދި، އެސަރައްދުގައި ދިރިއުޅޭ މުސްލިމުން ހައްޤުތައް ހޯދުމަށް މުޒާހަރާކުރަން ނުކުންނަންޖެހިފައިވާ ނިންމުމަކަށެވެ.

Ad
rt

މުޒާހަރާތަކުގެ ސަބަބުން މުސްލިމުންނަށްވަނީ އެތައް އަނިޔާތަކަކާއި ކުރިމަތިލާން ޖެހިފައިކަމަށް ބޭރުގެ މީޑިއާ ރިޕޯރޓްތައް ބުނެފައިވެއެވެ. އިންޑިއާގެ ނުފޫޒުގެ ސަބަބުން ކަޝްމީރުގައި މުސްލިމުން އުފުލަމުންދާ އުނދަގުލާއި، ތަހައްމަލު ކުރަމުންދާ ވޭނީ ހާލަތުން ފުރޭނިގެން އަންނަނީ މަދުމިންވަރެއްކަމުން ކަޝްމީރުގެ މުސްލިމުންގެ ހަގީގީ ހާލަތުއޮތީ ފަރުދާވެފައެވެ.

އިންޑިއާގެ މުސްލިމް މެޖޯރިޓީ އޮންނަ ހަމައެކަނި ސްޓޭޓްކަމުގައިވާ ކަޝްމީރުގައި 50،000 ފައްޅި އަޅަން ވިސްނަމުންދާ ކަމަށް އިންޑިއާއިން، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅުގައި ހާމަކުރިއެވެ. ފާއިތުވި އަހަރުތަކުގައި ކަޝްމީރުގައި 50،000 ފައްޅި ބަންދުކޮށްފައިވާ ކަމަށާއި އެތަންތަން ސާވޭކޮށް އަލުން ހުޅުވާނެ ކަމަށްވެސް އިންޑިއާއިން ބުނެފައިވެއެވެ.

މިހާރުވެސް ކަޝްމީރުގައި ހިންދޫން އަޅުކަންކުރާ ބޮޑު ފައްޅިއެއް ހުރެއެވެ. ހިންދޫން އަޅުކަން ކުރުމަށް އެތައް ދުވަހެއްވަންދެން މިފައްޅިއަށް ދާ މަގުތައް ބަނދުކޮށްފައި އޮންނާތީ، ކަޝްމީރުގެ ރައްޔިތުންނަށް ދަތުރު ފަތުރު ކުރުމުގައި ތަކުލީފު އުފުލަން ޖެހިފައިވެއެވެ.

މީގެ ފަސް ދުވަސް ކުރިން ބޭރުގެ މީޑިއާތަކުން ތިލަކުރި ޚަބަރުތައް ބުނާގޮތުން އިންޑިއާ ކަޝްމީރުގެ އެންމެ ބޮޑު މިސްކިތުގައި ކަޝްމީރުގެ މުސްލިމުންނަށް ހުކުރު ނަމާދު ކުރުމަށް މަހުރޫމު ކުރެވިފައިވާތާ މިހާރު 4 މަސް ވެއްޖެއެވެ. މިހާރު ބޮޑެތި މިސްކިތްތަކުގައި ޖެހިޖެހިގެން 17 ހުކުރު ނުކުރެވި ހިނގައްޖެކަމަށް ކަޝްމީރުގެ ރައްޔިތުން ވަނީ މައުލޫމާތު ދީފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

މިސްކިތައް އެރުން މަނާކުރުމާއި ގުޅިގެން ކަޝްމީރުގެ ރައްޔިތުން ހުކުރު ނަމާދު ކުރަން ޖެހެނީ ކުދި މިސްކިތްތަކުގައި ވަކިވަކިންނެވެ. ބޮޑެތި މިސްކިތްތަކަށް ހުކުރު ކުރަން ދާން އުޅެފިނަމަ އިންޑިއާ ސިފައިން އަނިޔާކުރާކަމަށްވެއެވެ. މިސްކިތްތައް ބަންދު ކުރުމުގެ އިތުރުން އިންޑިއާ ސިފައިންވަނީ ގިނަ އަދަދަކަށް ދީނީ އިލްމުވެރިންވެސް ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ވަރަށް ގިނަ އަދަދަކަށް ޒުވާން ފިރިހެނުން، ކުޑަކުދިންވެސް ހިމެނޭގޮތަށް ހައްޔަރުކޮށް އަދި ބައެއް މީހުން މަރާލާފައިވާ ކަމަށް ވެސް ބޭރުގެ ހަބަރުތައް ބުނެއެވެ.

ކަޝްމީރުގެ މުސްލިމުންގެ މި ވޭނީ ހާލަތަކީ، ދުނިޔޭގެ އެއްވެސް މުސްލިމް ޤައުމަކުންވިޔަސް، މުސްލިމް ވެެރިޔަކަށް ވިޔަސް ނުވަތަ މުސްލިމް ޤައުމެއްގެ ސިޔާސީ ލީޑަރަކަށްވިޔަސް އެމީހެއްގެ އަމިއްލަ މަންފާއަށްޓަކައި އެންމެ ރަނގަޅު ކަމެއް ގޮތުގައި ދައްކުވައި، ބެހެން ނުޖެހޭނެ ކަމަކަށް ހެދޭނެ ކަމެއްނޫނެވެ. އެހެންވެއްޖެ ނަމަ ކަޝްމީރުގެ ނިކަމެތި މުސްލިމުންނާއި މުސްލިމް އުއްމަތަށް އެވެވެނީ ހީލަތްތެރި ޚިޔާނާތެވެ.